14 ޖޫން 2016 - 08:01

1 ޖޯޑު ހިކިމަސް (ރާޅުކޮށް މުގުރައިފައި)
1 ފިޔާ (ބޮޑު، މެދުން ފަޅައިފައި އަރިމަތިން ކޮށައިފައި)
4 ލޮނުމެދު (ތުނިކޮށް ފަޅައިފައި)
⅓ ސައިސަމުސާ އަސޭމިރުސް
3 ހިކަނދިފަތް
6 އިންޗި ރާނބާފަތް (މެދުން ފަޅައިފައި ބުރިކޮށްފައި)
3 މޭޒުމަތީ ސަމުސާ ތެޔޮ
ރޯމިރުސް ނުވަތަ ގިތެޔޮމިރުސް
ތެޔޮފޮދުގެ ތެރޭގައި ފިޔާ، ލޮނުމެދު މީރުކޮށްފައި، ފިޔާކޮޅަށް މަޑު މުށިކުލަ އަރަންފެށުމުން މަސް، އަސޭމިރުސް، ހިކަނދިފަތް، ރާނބާފަތް، މިރުސް އެޅުން. ފިޔާކޮޅު ރަނގަޅަށް މުރަނަވަންދެން އެއްކުރަމުން ގެންދިޔުން.
ބަތާ ގަރުދިޔަ ނުވަތަ ރިހަ ނުވަތަ ރިހާކުރާ އެއްކޮށް މި މަސް ވަރަށް މީރުވާނެ.
މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278/?fref=nf ގައި ހިމަނައިފަ އެވެ.