23 ސެޕްޓެމްބަރ 2024 - 14:48

އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު މެންބަރުންނަށް ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސްއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއީ އެ ބޭންކުން އެމެރިކަން އެކްސްޕްރެސްއާ އެކު ޕާޓްނާޝިޕް ގާއިމުކޮށް ހިދުމަތް ދެމުންދާތާ 20 އަހަރު ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ ޖުލައި މަހުން ފެށިގެން ހިންގަމުންދާ އެކި ހަރަކާތްތަކުގެ ދަށުން ފެށި ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަނުގައި 3،000ރ. ގެ ވިޔަފާރިކުރުމުން 20،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓްސް ލިބޭ ގުރުއަތެއްގައި ބައިވެރިވެވޭނެ އެވެ. މި ރިވޯޑު ޕޮއިންޓުން ފްލައިޓް، ކާރު ނުވަތަ ހޮޓެލް ބުކް ކުރުމަށް ނުވަތަ ރާއްޖޭގެ ވިޔަފާރިތަކުގެ އިތުރުން އެމެޒޯން، އެޕަލް އަދި ސްޕޮޓިފައި ފަދަ ރާއްޖޭން ބޭރުގެ މާޗަންޓްތަކުން ގިފްޓް ކާޑު ގަތުމަށް ވެސް ބޭނުންކުރެވޭނެ އެވެ.
ބީއެމްއެލްގެ ޑައިރެކްޓަ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ އެމެރިކަން އެސްޕްރެސް އިން އަބަދުވެސް ކާޑު މެންބަރުންނަށް ހާއްސަ އޮފާތައް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އެ ބެންކުން މިފަހުން ތައާރަފްކުރި ޝަރުއީ ހަމަތަކަށްފެތޭ ރާއްޖޭގެ ފުރަތަމަ ކްރެޑިޓް ކާޑު ވެފައިވަނީ، އެ ކާޑުން ލިބޭ ހާއްސަ ފައިދާތަކާ އެކު ކަސްޓަމަރުން ބޭނުންތެރި ޕްރޮޑަކްޓެއްކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެއަށް އެމެރިކަން އެކްސްޕްރެސްގެ ފުރަތަމަ ކްރެޑިޓް ކާޑު ތައާރަފްކޮށް، ދުނިޔޭގެ ފުރަތަމަ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ބީއެމްއެލް އިން ތައާރަފްކުރި ކަމަށެވެ. އަދި މިހާރު ފާހަގަކުރަމުންދާ 20 އަހަރުގެ އެކްސްކްލޫސިވް ޕާޓްނާޝިޕްއާ އެކު، އެމެރިކަން އެކްސްޕްރެސް އަކީ ދިވެހިންގެ މެދުގައި މަގުބޫލު އަދި އިތުބާރުކުރާ ބްރޭންޑެއް ކަމަށް ވިދާޅުވި އެވެ.
ބީއެމްއެލް އަކީ 345،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މާޗަންޓުންނާ އެކު ރާއްޖޭގައި އެންމެ ގިނަ ކާޑު ދޫކުރާ އަދި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. އަދި ބީއެމްއެލް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ އެކްސްކްލޫސިވް އިޝޫއާ އަދި މާޗަންޓް އެކުއަރިން ޕާޓްނަރެވެ.