17 ސެޕްޓެމްބަރ 2024 - 12:04

އުރީދޫގެ ގޭމިން ޕްލެޓްފޯމް، އުރީދޫ ނޭޝަންއިން ގޭމިން އެސަސަރީ ޕާޓްނަރެއްގެ ގޮތުގައި އެސްބީއެންޓީއާ އެކު ސޮއިކޮށްފި އެވެ.
އެސްބީއެންޓީ އަކީ ގޭމަރުންނަށް ހާއްސަކޮށް އެންމެ ފަހުގެ ޓެކްނޮލަޖީ ގެނެސްދޭ ކުންފުންޏެކެވެ. އެ ކުންފުނިން ގޭމަރުންނަށް ބޭނުންގޮތަކަށް ސިސްޓަމެއް ބިލްޑުކުރަން ބޭނުންވާ މޮނީޓަރު، ސީޕީޔޫގެ އިތުރުން ގޭމިން ޗެއާ ފަދަ ތަކެތި ވެސް ވިއްކަ އެވެ.
އެސްބީއެންޓީ އަކީ ރާއްޖޭގެ ވެބްސައިޓެކެވެ.
އުރީދޫ ނޭޝަން އަކީ ރާއްޖޭގައި ގޭމިންގެ ދާއިރާ ތަރައްގީކޮށް، ފުޅާކޮށް، ގޭމަރުންނަށް މިހާރަށް ވުރެ ރަނގަޅު ފުރުސަތުތަކެއް ހޯދާ ދިނުމަށް އުރީދޫން ލޯންޗުކުރި ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުން ދަނީ އެކި ކޮންޓެންޑާ ސީރީޒްތަކުގެ މުބާރާތްތައް ބާއްވަމުންނެވެ. އަދި އެ މުބާރާތްތަކަކީ ބޮޑެތި ފައިސާގެ އިނާމުތައް ހުށަހަޅާ ބާއްވާ މުބާރާތްތަކެކެވެ.
އުރީދޫ ނޭޝަންގެ މުބާރާތެއް މިދިޔަ ހަފްތާ ބަންދުގައި ވެސް އޮތެވެ.