ނޯމަލައިޒޭޝަން ކޮމިޓީގެ ހިސާބުތައް: އެފްއޭއެމްގެ ދަރަނި 85 މިލިއަނަށްވުރެ ވެސް މަތި
ނޯމަލައިޒޭޝަން ކޮމިޓީގެ ހިސާބުތައް: އެފްއޭއެމްގެ ދަރަނި 85 މިލިއަނަށްވުރެ ވެސް މަތި

އެފްއޭއެމްގެ ދަރަނި 85 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރާކަމަށް، އެ އެސޯސިއޭޝަނުގެ ހިންގަން ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީން އެއްކުރި މައުލޫމާތުތަކުން ހާމަވެއްޖެ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ހިސާބުތައް: އެފްއޭއެމްގެ ދަރަނި 85 މިލިއަނަށްވުރެ ވެސް މަތި
ނޯމަލައިޒޭޝަން ކޮމިޓީގެ ހިސާބުތައް: އެފްއޭއެމްގެ ދަރަނި 85 މިލިއަނަށްވުރެ ވެސް މަތި

އެފްއޭއެމްގެ ދަރަންޏާއި އަދި އެ އިދާރާ ވެއްޓިފައި އޮތް ހާލަތު، ނޯމަލައިޒޭޝަން ކޮމިޓީން އިސްވެ އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ހިސާބުތައް: އެފްއޭއެމްގެ ދަރަނި 85 މިލިއަނަށްވުރެ ވެސް މަތި
ނޯމަލައިޒޭޝަން ކޮމިޓީގެ ހިސާބުތައް: އެފްއޭއެމްގެ ދަރަނި 85 މިލިއަނަށްވުރެ ވެސް މަތި

"މިހާރު" އަށް މައުލޫމާތު ލިބުނު މަސްދަރުން ހާމަވާގޮތުގައި ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް، އެފްއޭއެމުން ދައްކަން ޖެހޭ ދަރަނި އުޅެނީ 85 މިލިއަނުގަ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ހިސާބުތައް: އެފްއޭއެމްގެ ދަރަނި 85 މިލިއަނަށްވުރެ ވެސް މަތި
ނޯމަލައިޒޭޝަން ކޮމިޓީގެ ހިސާބުތައް: އެފްއޭއެމްގެ ދަރަނި 85 މިލިއަނަށްވުރެ ވެސް މަތި

އެފްއޭއެމްގެ ދަރަންޏާ ގުޅޭ އެކި މަސައްލަތަކުގެ ބައެއް ޝަރީއަތް ނިންމައި، އެ ފައިސާ ދެއްކުމަށް ކޯޓުން ވަނީ މިހާރު ވެސް ހުކުމްތަކެއް ކޮށްފަ އެވެ. މިހާތަނަށް ކޯޓުން ނިންމި ގިނަ މައްސަލަތަކަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި އެކި ފަރާތްތަކުން އެޑްވާންސްކޮށް ދިވެހި ރުފިޔާއިން ފައިސާ ނަގައި، ޑޮލަރު ދީފައިވާ ނުވާ މައްސަލައިގައި ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމްތަކެކެވެ.

އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި ޑޮލަރު މާރު ކުރުމުގެ ނަމުގައި ކޮށްފައިވާ މުއާމަލާތްތަކުގައި ގިނަ މައްސަލަތަކެއް އޮތީ ފެންމަތިވެފަ އެވެ. ބައެއް މައްސަލަތަކުގައި މާނީ ލޯންޑަރިން އާއި ހިޔާނާތައް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަން އޭނާ މައްޗަށް ތުހުމަތު ކުރެވެ އެވެ.

އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި މިހާރު ވަނީ އޭނާއާ ދެކޮޅަށް ޝަރީއަތް ވެސް ފަށައިފަ އެވެ. އަދި ޝަރީއަތް ނިމެންދެން ރާއްޖޭން ބޭރަށް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. ބައްސާމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފީފާއިން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ.

އެފްއޭއެމުން 2022 ގައި އިއުލާން ކުރި ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލުން ބޭއްވުމަށް ކުޅޭ ކޮލިފިކޭޝަން މުބާރާތެއްގެ ސުޕޮންސާޝިޕްގެ ގޮތުގައި އެސްޓީއޯއިން ފައިސާ ދިނުމުން ވެސް މުބާރާތް ބާއްވާފައި ނުވެ އެވެ.

ސްޕޮންސާޝިޕްގެ ގޮތުގައި ދިން 1.5 މިލިއަން ރުފިޔާ އަނބުރާ އެސްޓީއޯ އަށް ދެއްކުމަށް މި މަހު ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެ އެސޯސިއޭޝަނުގެ ދަރަނީގެ ލިސްޓްގައި، ކްލަބްތަކަށް ދޭން ޖެހޭ ފައިސާގެ ބޮޑު ޕަސަންޓެއް ވެސް ހިމެނެ އެވެ. އަދި މަސައްކަތް ކުރި މުވައްޒަފުންނަށް ވެސް މުސާރަ ދީފައިނުވާތީ ވޭޖް ބިލްގައި ވެސް ބޮޑު ދަރަންޏެއް އެބައޮތެވެ.

އެފްއޭއެމުން ބޭއްވި އެކި މުބާރާތްތަކުގައި ރެފްރީކަން ކުރި ރާއްޖެ އާއި ބޭރުގެ އޮފިޝަލުންނަށް ވެސް ފައިސާ ދީފައި ނުވާ މައްސަލަ ވެސް ދަރަނީގެ ލިސްޓްގައި ހިމެނެ އެވެ. އޭގެ ތެރޭގައި އޮކްޓޯބަރު 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި މަސައްކަތް ކުރި ރެފްރީން އަދި މެޗު އޮފިޝަލުން ހިމެނެ އެވެ.

އެ މުބާރާތުގެ އިނާމު ފައިސާ ވެސް އެފްއޭއެމުން ދީފައި ނުވާ މައްސަލަ ވެސް ޖޫން މަހު ބޭއްވި ސާފްގެ ކޮންގްރެސްގައި ފެންމަތި ކުރި އެވެ.

އެ މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި، ޗެމްޕިއަން އިންޑިއާ އަށް ދޭން ޖެހޭ ފައިސާ އާއި ޓީމުތަކުގެ ބައިވެރިވުމުގެ ފީ އާއި ސާފް އޯނާޝިޕް ފީ، އެފްއޭއެމުން ނުދައްކާ މައްސަލަ ސާފްގެ ސެކެޓްރިއޭޓުން ފާހަގަ ކޮށްފައި ވެ އެވެ.

ސާފް ސެކެޓްރިއޭޓުން ބުނެފައި ވަނީ އެ ފައިސާ ހަމަޖައްސައި ދިނުމަށް އެދި ތަކުރާރުކޮށް އެފްއޭއެމްގެ ކިބައިން އެދިފައިވާނެ ކަމަށެވެ. ނަމަވެސް ތިން އަހަރުވާން ދާއިރު ވެސް ފައިސާ ދީފައި ނުވާކަމަށް ސާފްގެ ކޮންގްރެސްގައި ފާހަގަ ކުރި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީން އަދި މިހާތަނަށް ޕްރެސް ކޮންފަރެންސެއް ވެސް ނުބާވާތީ، އެ ކޮމިޓީ އަށް ވެސް ވަނީ ފާޑުކިޔުން އަމާޒު ވެފަ އެވެ.