13 ސެޕްޓެމްބަރ 2024 - 23:04

ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ވެލިދޫގެ ބައެއް ގޭގެ ބަލައި ފާސްކޮށްފައިވެ އެވެ.
އެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަން ކިލޯއަކަށް ވުރެ ގިނަ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން 50،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި ޔޫއެސް ޑޮލަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނުގައި ހަތް މީހުން ހައްޔަރުކޮށް އެ މީހުންގެ ބަންދާ މެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ވަނީ ދޫކޮށްލައިފަ އެވެ.
ދެން ތިބި ހަ މީހުންގެ ތެރެއިން އެކަކު އަށް ދުވަހަަށް އަދި ފަސް މީހުން ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.
އެ މައްސަލާގައި ބަންދުކޮށްފައިވަނީ އަހުމަދު މުރުޝިދު އާއި އަބްދުﷲ ނިޝާދު އާއި އަހުމަދު އަސީމް އާއި އަހުމަދު ނައުޝާދު އާއި އަލީ ރަޝީދުގެ އިތުރުން މުހައްމަދު މާއިދު އެވެ.