13 ސެޕްޓެމްބަރ 2024 - 14:13

ވަގަށް ނަގާފައިވާ ސައިކަލެއްގައި ދުއްވާފައި ގޮސް އަންހެނެއްގެ ވޮލެޓު ފޭރުނު މީހަކު ހޯދައި ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު ހެނދުނުގެ ވަގުތެއްގައި ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރިފައިވާ ކަމަށެވެ.
އަންހެން މީހާގެ އަތުން އޭނާ ފޭރިފައިވަނީ ސައިކަލެއްގައި ދަމުން ކަމަށާއި އެ ސައިކަލަކީ ވެސް ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ފޭރުނު ވޮލެޓާއި ފޯނު ހޯދާފައިވާ ކަމަށާއި އަދި ދުއްވި ސައިކަލު ވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މިއަދު ވަނީ މާލެ ގެއަކުން ވައްކަން ކުރި އެހެން މީހަކު ވެސް ހައްޔަރު ކޮށްފަ އެވެ.