12 ސެޕްޓެމްބަރ 2024 - 13:26

ފުލުހުންގެ ސައްހަ ނޫން ބަޔާނެއް ދައުރުކުރި ކަމަށް ބުނާ މައްސަލައެއްގައި ފުލުހުން، ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމްގެ ފޯނާއި އިލެކްޓްރޯނިކް ސާމާނު އެ އިދާރާގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.
ފުލުހުން ބުނީ ސައްހަ ނޫން ބަޔާނެއް ފުލުހުންގެ ނަމުގައި ދައުރުކުރަމުންދާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ބައެއް ސާމާނު ހިފަހައްޓާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ތޮއްޔިބްގެ ފޯނާއި ލެޕްޓޮޕާއި ހާޑްރައިވަކާއި ފަސް ޕެންޑްރައިވް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ތޮއްޔިބުގެ ފޭނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފެހެއްޓި އެވެ.
މި ސަރުކާރު ވެރިކަމަށް އައިސް، ތޮއްޔިބަށް ސްޓެލްކޯގެ ބިއުރޯގެ ސާވިސް ސުޕަވައިޒަރުގެ މަގާމު ދިން ނަމަވެސް މަހެއްހާ ދުވަސް ފަހުން އެ މަގާމުން އޭނާ ވަކިކުރި އެވެ. އެމްޑީޕީގެ ވެރިކަމުގައި ތޮއްޔިބު ހުރީ ޓޫރިޒަމް މިނިސްޓްރީގަ އެވެ.