11 ސެޕްޓެމްބަރ 2024 - 09:37

ހދ. ކުޅުދުއްފުށީގެ ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު މިއަދު ހެނދުނު ފެނިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، ކުޅުދުއްފުށީގެ އުތުރު ބަނދަރުގެ ފަޅުތެރޭގައި މަރުވެފައި އޮއްވައި ހެނދުނު 8:30 ހާއިރު ފެނުނީ އެ ރަށު ޑެއިޒީފެހި، މުހައްމަދު ހަސަން އެވެ. އެއީ އުމުރުން 36 އަހަރުގެ މީހެކެވެ.
އެ މައްސަލާގައި ފުލުހުން ދެންމެ ބުނީ ކުޅުދުއްފުށީ ފަޅުތެރެއިން ޚަބަރު ހުސްވެފައިވާ އޮތް މީހަކު ފެނިގެން އެ "ސީން" ގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅޭ ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ، އެ މީހާ ވަނީ މަރުވެފައި ކަމަށާއި ހަށިގަނޑު ވެސް އޮތީ "ހަރުވެފައި" ކަމަށެވެ.