ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ތަރައްގީކުރަން 1.5 މިލިއަން ޑޮލަރުގެ އެހީއެއް
ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ތަރައްގީކުރަން 1.5 މިލިއަން ޑޮލަރުގެ އެހީއެއް

ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ބައިނަލްއަގްވާމީ މިންގަނޑަށް އަޕްގްރޭޑުކުރުމަށް 1.5 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ތަރައްގީކުރަން 1.5 މިލިއަން ޑޮލަރުގެ އެހީއެއް
ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ތަރައްގީކުރަން 1.5 މިލިއަން ޑޮލަރުގެ އެހީއެއް

އެންވައިރަމެންޓް މިނިސްޓްރީން މިއަދު ސޮއިކުރި އެއްބަސްވުމަކީ ޔުނައިޓެޑް ނޭޝަންސް އެންވައިރަމެންޓް ޕްރޮގްރާމް (ޔޫއެންސީޕީ) މެދުވެރިވެގެން ސިސްޓަމެޓިކް އޮބަޒްވޭޝަން ފައިނޭންސިން ފެސިލިޓީ (އެސްއޯއެފްއެފް)އިން ހަމަޖައްސާފައިވާ ފައިސާ އެވެ.

އެގޮތުން ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ އަކީ ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކްގެ މިންގަނޑަށް ފެތޭ ނެޓްވޯކަކަށް ހެދުމަށް 1.5 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އެންވައިރަމެންޓް މިނިސްޓްރީން ބުނީ މި ފައިސާ ބޭނުން ކުުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މިހާރު ގާއިމްކޮށްފައިވާ ހަތަރު މެޓު އޮފީހުގެ އޮބްޒަވޭޝަން ސިސްޓަމް އަޕްގްރޭޑު ކުރުމަށާއި ނ. މާފަރު އެއާޕޯޓުގައި އިތުރު އޮފީހެއް ގާއިމް ކުރުމަށެވެ.

މީގެ އިތުރުން އައްޑޫއަތޮޅު ގަމުގައި ގާއިމްކޮށްފައިވާ އަޕާ އެއާ ރޭޑިއޯ ސޮންޑޭ ސިސްޓަމް މަރާމާތު ކުރުމަށް ވެސް މި އެހީ ބޭނުން ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި މުއްދަތުގެ ތެރޭގައި އިންސްޓްރޫމަންޓުތައް ކެލިބަރޭޓު ކުރުމަށް ބޭނުން ބައެއް އާލާތްތައް ހޯދައި، ސަރަހައްދީ ގައުމުތަކުގެ އެހީގައި އެކަމަށް މަގުފަހިކުރެވިގެންދާނެ ކަމަށެވެ.