09 ސެޕްޓެމްބަރ 2024 - 10:33

މާލޭގެ ގެސްޓް ހައުސްއެއްގައި އުޅޭ މީހެއްގެ ހަބަރެއް ނުވެގެން އޭނާގެ ކޮޓަރިއަށް ފުލުހުން ވަދެ ބެލި އިރު ޒަހަމްވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
ޒަހަމްވެފައި އޮތް މީހާއަށް ފަރުވާދޭން އައިޖީއެމްއެޗަށް ގެންގޮސްފައި ވާއިރު އެތަނާ ހަވާލާދީ ފުލުހުން ބުނީ ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.
ފުލުހުން ބުނި ގޮތުގައި ހެންވާރުގައި ހުންނަ ގެސްޓް ހައުސްއަކުން ޒަހަމްތަކަކާ އެކު ފެނުނު މީހާ އަކީ ދިވެހި ފިރިހެނެކެވެ. އެ މީހާ އަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި އެ މީހާ ޒަހަމްވެފައި އޮތީ ކޮން ގޮތަކުން ކަމެއް ވެސް ނުބުނެ އެވެ.
ފުލުހުން ބުނީ ހާދިސާ ހިނގި ތަނުގައި ފުލުހުންގެ ތަހުގީގު ޓީމު މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.