މާލޭގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް، މީހަކަށް އަނިޔާއެއް ނުވޭ
މާލޭގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް، މީހަކަށް އަނިޔާއެއް ނުވޭ

މާލޭގެ ގެއެއްގައި ހުރި ގުދަނެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ މއ. އޮލިވީނާގޭގެ ތިން ވަނަ ފްލޯގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގީ އެތަނުގައި ހުރި ކަރަންޓް ބޯޑެއްގައި ރޯވެގެން ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް 1:30 ހާއިރު ލިބުމާއެކު، ގިނަ އިރުތަކެއް ނުވަނީސް އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގި ގުދަނަކީ ޔޫރޯ ސްޓޯރުގެ ގުދަނެކެވެ.