ވަގަށް ނަގާފައިވާ މުދާތަކެއްގެ މައްސަލާގައި ދެ މީހަކު ހައްޔަރު
ވަގަށް ނަގާފައިވާ މުދާތަކެއްގެ މައްސަލާގައި ދެ މީހަކު ހައްޔަރު

ވަގަށް ނަގާފައިވާ އިލެކްޓްރޯނިކް ސާމާނުތަކެއްގެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު 4:00 ހާއިރު މާލޭގެ ގެއެއްގެ ތެރެއިން ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ އިލެކްޓްރޯނިކް ސާމާނުތަކެއްގެ މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން އެމީހުންގެ ވަނަވަރު އާންމު ކޮށްފައި ވާއިރު އެ މައްސަލާގައި ހައްޔަރުކުރީ ބ. ދަރަވަންދޫ ވިދުވަރު، ހުސެއިން ޝާއިފް. އާއި މ. ދާރުލްގަރާރު އިސްމާއިލް ވިޝާލް އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏަސް، އެކަމާ ގުޅޭ ތަފްސީލެއް ފުލުހުން ނުދެ އެވެ. އެހެންވެ، މި މީހުން ވަގަށް ނަގާފައި ވަނީ ކޮން ކަހަލަ އިލެކްޓްރިކް ސާމާނުތަކެއް ކަމާއި އެތަކެތީގެ އަގެއް ސާފެއް ނޫނެވެ.

މީގެ ކުރިން ވެސް އަގު ބޮޑެތި ސާމާނުތައް ވަގަށް ނަގައިގެން ނުއަގުގައި އެތަކެތި ވިއްކާ މައްސަލަތައް ފެންމަތިވެފައިވެ އެވެ.