ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާ ކުރެވޭ ތާނގީގެ މަސައްކަތް ފަށައިފި
ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާ ކުރެވޭ ތާނގީގެ މަސައްކަތް ފަށައިފި

އެމްޑަބްލިއުއެސްސީން 10،000 ޓަނުގެ ފެން ރައްކާ ކުރެވޭނެ ތާނގީ ހުޅުމާލޭގައި ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާ ކުރެވޭ ތާނގީގެ މަސައްކަތް ފަށައިފި
ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާ ކުރެވޭ ތާނގީގެ މަސައްކަތް ފަށައިފި

އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ނިންމަން ތާވަލުކޮށްފައިވާ އެ މަޝްރޫއަށް 34 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާ ކުރެވޭ ތާނގީގެ މަސައްކަތް ފަށައިފި
ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާ ކުރެވޭ ތާނގީގެ މަސައްކަތް ފަށައިފި

ހުޅުމާލޭގައި ހުންނަ އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަން ސެންޓަރުގައި ހަދާ މި ތާނގީގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީނެވެ.

ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާ ކުރެވޭ ތާނގީގެ މަސައްކަތް ފަށައިފި
ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާ ކުރެވޭ ތާނގީގެ މަސައްކަތް ފަށައިފި

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު މަތީން ވިދާޅުވީ، އެއީ ފެން ރައްކާކުރެވޭ މިންވަރު 80 ޕަސެންޓަށް އިތުރުކޮށް، ފެނުގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭނެ މަޝްރޫއެއް ކަމަށެވެ.

"މި ތާނގީއަކީ މިހާތަނަށް ފެން ރައްކާކުރުމަށް ބެހެއްޓޭ އެންމެ ބޮޑު ތާނގީ. މި ތާނގީގައި ދެ ދުވަހުގެ ފެން ރައްކާތެރި ކުރެވޭނެ. މިއީ ފެނުގެ ސެކިއުރިޓީ ކަށަވަރު ކުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތް." މަތީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ތާނގީގެ އިތުރުން މާލޭގައި ވެސް ފެން ރައްކާކުރާ ތާނގީއެއް ބެހެއްޓުމަށް މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ފެނުގެ ހިދުމަތް ކަށަވަރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލެއާ ދެމެދު ފެނުގެ ނެޓުވޯކް ގުޅާލުމަށް ބޭނުންވާ މައި ޓްރާންސްފާ ޕަމްޕް ސްޓޭޝަންގެ ފައުންޑޭޝަނުގެ މަސައްކަތްތައް ނިމިފައިވާ ކަމަށާއި އެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަތީން ވިދާޅުވިގޮތުގައި، އެމްޑަބްލިއުއެސްސީން އެންމެ ބޮޑު އިސްކަމެއް މިވަގުތު ދޭ އެއް މަސައްކަތަކީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް، މެދުނުކެނޑި ފެނުގެ ހިދުމަތް ލިބޭނެ އިންތިޒާމުތައް ގާއިމުކޮށް، ފެން އުފެއްދުމުގެ ކެޕޭސިޓީ އިތުރު ކުރުމެވެ.

"އަޅުގަނޑުމެން ވާނީ ފެން އުފައްދާ މިންވަރު އިތުރު ކުރުމަށް އާރްއޯ ޕްލާންޓު ބެހެއްޓުމުގެ މަސައްކަތް ފަށާފައި. އަޅުގަނޑުމެންގެ އަމާޒަކީ ފެނުގެ ސެކިއުރިޓީ ކަށަވަރު ކުރުމަށް ހުރި ގޮންޖެހުންތައް ހުރަސްކޮށް މި ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު ވެސް ވަނީ މިފަދަ ތާނގީއެއްގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.

"އަޅުގަނޑުމެންނަކީ ކަރަންޓު ބޭނުންކޮށްގެން ފެން އުފައްދާ ބަޔަކަށް ވާއިރު، ދިމާވެދާނެ ކުއްލި ހާދިސާއަކަށް ފެން ރައްކާކޮށްފައި ބެހެއްޓޭނެ އިންތިޒާމެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް. އަދި މިއީ އަސާސީ ހިދުމަތެއް ކަށަވަރު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.