ނިޕޯން ޕެއިންޓުން ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް
ނިޕޯން ޕެއިންޓުން ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް

އެސްޓީއޯއިން ވިއްކާ ނިޕޯން ޕެއިންޓުން ޑިސްކައުންޓު ދޭ ޕްރޮމޯޝަނެއް އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ފަށައިފި އެވެ.

ގައުމީ ދުވަހާ ގުޅުވައިގެން ބާއްވާ މި ޕްރޮމޯޝަން ކުރިއަށް ދާނީ ހަމައެކަނި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮއިލުޝަންސް ޝޯރޫމުގައި ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި އެ ޝޯރޫމުން ނިޕޯން ޕެއިންޓުގެ ހުރިހާ ޕްރޮޑަކްޓުތަކަކުން 10 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. އަދި ޕެއިންޓް އެސަސަރީގެ ގޮތުގައި ބޭނުންކުރާ ކުލަފިހި، ރޯލާ އަދި ބުރުސް ފަދަ ޕްރޮޑަކްޓުތަކުން 15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ނިޕޯން ޕެއިންޓަކީ ދިވެހިންގެ އިތުބާރު ލިބިފައިވާ މޮޅު ބްރޭންޑެކެވެ. އެސްޓީއޯއަކީ މި ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

ނިޕޯން ޕެއިންޓުގެ ޕްރޮމޯޝަން ކުރިއަށްދާ ޝޯރޫމު ހުންނާނީ ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގަ އެވެ. މި ފިހާރައިން ކޮންސްޓްރަކްޝަންއާ ގުޅުންހުރި އެކި ވައްތަރުގެ ޕްރޮޑަކްޓުތައް ހުރެ އެވެ.