30 އޯގަސްޓް 2024 - 10:47

ހަބަރެއް ނުވެގެން ހޯދަމުންދިޔަ ލ. އަތޮޅުގެ ބޯޓު ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަމުންދިޔައީ ލ. ގަމުން މާލެއަށް ފުރި އަކްރިސް ކިޔާ ބޯޓެކެވެ. އެ ބޯޓުގައި 14 މީހުން ދަތުރު ކުރި އެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ބޯޓު ގެއްލިގެން ރިޕޯޓްކުރީ ރޭ އިރާކޮޅެވެ.
އެ ބޯޓު ފެނުނީ މ. ރަތްމަންދޫގެ އިރުން 22 ނޯޓިކަލްމޭލް ބޭރުން އިންޖީނު ހުއްޓިފައިވަނިކޮށް މިއަދު ހެނދުނެވެ.
ބޯޓުން ދަތުރު ކުރި 14 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.