27 އޯގަސްޓް 2024 - 11:32

ގްލޯނެޓުން މި ހަފްތާ ބަންދުގައި ބާއްވާ "ޔުނިވާސިޓީ ރެޖިސްޓްރޭޝަން ޑޭ"ގައި ކޯސްތަކަށް ރަޖިސްޓްރީ ކުރާ ދަރިވަރުން ކިޔަވަން ބޭރަށް ފުރުމުގެ ޓިކެޓު ހިލޭ ހަމަޖައްސައިދޭން ނިންމައިފި އެވެ.
ގްލޯނެޓުން ބުނީ މި ހަރަކާތުގައި، ކޯސްތަކަށް ރަޖިސްޓްރީވާ ދަރިވަރުންގެ ތެރެއިން އޭ ލެވެލްގައި ރަނގަޅު ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް 10 ޕަސެންޓާއި 50 ޕަސެންޓާއި ހަމައަށް ސްކޮލަޝިޕް ލިބޭނެ ކަމަށެވެ. އަދި ކުޅިވަރުގެ ދާއިރާ އިން މަތީ ވަނަތައް ލިބިފައިވާ ދަރިވަރުންނަށް އެ ހަރަކާތުގައި ސްޕޯޓްސް ސްކޮލާޝިޕްތަކަށް އެޕްލައި ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
މި އިވެންޓުގައި ކޯސްތަކަށް ހޭދަ ވާނެ ހަރަދާއި ވިސާ ހޯދުމާއި އެކޮމަޑޭޝަންގެ މައުލޫމާތު ދިނުމާއި އެޕްލިކޭޝަން ބަލައިގަތުމާއި ޕްލޭސްމަންޓު ލެޓާގެ ކަންތައްތައް ހަމަޖައްސައިދިނުމާއި ކެރިއާ ގައިޑަންސް ބޭނުންވާ ކުދިންނަށް މައުލޫމާތު ދޭނެ އެވެ.
ގްލޯނެޓުން ބުނީ މި އިވެންޓަކީ މި އަހަރުގެ އޮކްޓޯބަރުގައި ފަށާ ކޯސްތަކާއި އަންނަ އަހަރު ފަށާ ކޯސްތަކަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންނަށް ކޯސްތަކުގެ މައުލޫމާތުތައް ހިއްސާކުރުމާއި ކޯސްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ދިނުމާއި، ވިސާ އާއި އެކޮމަޑޭޝަން ކަންތައްތައް ހަމަޖެއްސުމަށް އެހީތެރިވެދިނުމެވެ.
މި "ޔުނިވާސިޓީ ރެޖިސްޓްރޭޝަން ޑޭ"ގައި ބައިވެރިވަނީ މެލޭޝިއާގެ ސަންވޭ ޔުނިވާސިޓީ އާއި އޭޝިޔާ ޕެސިފިކް ޔުނިވާސިޓީ އާއި އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީ އެވެ.
މި ހަރަކާތުގައި މެޑިސިން، ޑެންޓިސްޓްރީ، ނާސިން، ސައިކޮލަޖީ، ބަަޔޯމެޑިސިން އަދި ތަފާތު އިންޖިނިއަރިން ޕްރޮގްރާމުތަކާއި ޕޮލިިޓިކަލް ސައިންސް އާއި އިންޓަރނޭޝަނަލް ރިލޭޝަންސް ފަދަ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެ އިތުރުން އިކޮނޮމިކްސް އެންޑް ފައިނޭންސް، ސައިބާ ސެކިއުރިޓީ، ޑޭޓާ ސައިންސް، މާކެޓިން، އެކައުންޓިން އެންޑް ފައިނޭންސް، ފިންޓެކް، އޭސީސީއޭ، ޓޫރިޒަމް، ހޮޮސްޕިޓަލިޓީ، ކަލިނަރީ އަދި އާޓްސް، އިވެންޓް މެނޭޖްމަންޓް، ކްރިއޭޓިވް އާޓްސް، ޑިޖިޓަލް މީޑިއާ، އާކިޓެކްޗާ، އެކްޗޫރިއަލް ސައިންސާއި މޮބައިލް ކޮމްޕިއުޓިން އަދި ކޮމިއުނިކޭޝަން ފަދަ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.
މިއީ ގްލޯނެޓުން މި އަހަރު ބާއްވާ 3 ވަނަ ޔުނިވާސިޓީ ރެޖިސްޓްރޭޝަން ޑޭ އިވެންޓެވެ. މި އިވެންޓު އޮންނާނީ ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.