ވޯކްޝޮޕެއްގައި ރޯވެ ދެ ބިދޭސީއަކު ފިހިއްޖެ
ވޯކްޝޮޕެއްގައި ރޯވެ ދެ ބިދޭސީއަކު ފިހިއްޖެ

މާލޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު ދެ ބިދޭސީއަކަށް ފަރުވާދޭން ފަށައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގީ ގ. ރަނައުރާވިލާގައި ހުންނަ ވޯކްޝޮޕެއްގަ އެވެ. އަލިފާން ރޯވިތާ މާގިނައިރުތަކެއް ނުވެ ކޮންޓްރޯލް ކުރި ނަމަވެސް އެ ތަނަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

އަލިފާނުގެ ހާދިސާގައި ފިހިފައިވަނީ ބަންގްލަދޭޝް އަދި އިންޑިއާ މީހެކެވެ.

އިންޑިއާ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ އިރު އޭނާގެ ގައިގެ ހަ ޕަސެންޓް ފިހިފައިވާ ކަމަށް އެންއެންޑީއެފް އިން ބުންޏެވެ. އޭޑީކޭގައި ފަރުވާދެމުން އަންނަ ބަންގްލަދޭޝް މީހާގެ ތިން ޕަސެންޓް ވަނީ ފިހިފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ގޮތެއް އަދި ސާފެއް ނުވެ އެވެ.