ވިލާ ކޮލެޖުގެ ފާމަސީ ޑިގްރީގެ ދެ ވަނަ ބެޗުގެ ދަރިވަރުން ހުވާކޮށްފި
ވިލާ ކޮލެޖުގެ ފާމަސީ ޑިގްރީގެ ދެ ވަނަ ބެޗުގެ ދަރިވަރުން ހުވާކޮށްފި

ވިލާ ކޮލެޖުގައި ބެޗްލާސް އޮފް ފާމަސީ ކިޔަވާ ދަރިވަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

ވިލާ ކޮލެޖުގެ ފާމަސީ ޑިގްރީގެ ދެ ވަނަ ބެޗުގެ ދަރިވަރުން ހުވާކޮށްފި
ވިލާ ކޮލެޖުގެ ފާމަސީ ޑިގްރީގެ ދެ ވަނަ ބެޗުގެ ދަރިވަރުން ހުވާކޮށްފި

ވިލާ ކޮލެޖުގެ ހޯލުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި، ފާމަސީ ކޯހުގެ ދެ ވަނަ ބެޗުގައި ކިޔަވާ 22 ދަރިވަރުންނަށް ވަނީ ވައިޓް ކޯޓު ވެސް ހަވާލުކޮށްފަ އެވެ.

ވިލާ ކޮލެޖުގެ ފާމަސީ ޑިގްރީގެ ދެ ވަނަ ބެޗުގެ ދަރިވަރުން ހުވާކޮށްފި
ވިލާ ކޮލެޖުގެ ފާމަސީ ޑިގްރީގެ ދެ ވަނަ ބެޗުގެ ދަރިވަރުން ހުވާކޮށްފި

ދަރިވަރުންނަށް ވައިޓް ކޯޓު ހަވާލުކޮށްދެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރާއި ވައިސް ރެކްޓާ ޑރ. އަލީ ނަޖީބާއި ވިލާ ކޮލުގެ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ޑީން އައިޝަތު މާލާގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސަސް، ޑރ. އަހުމަދު އަޝްރަފެވެ.

މި ރަސްމިއްޔާތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސަސް، ޑރ. އަހުމަދު އަޝްރަފު ވަނީ ވިލާ ކޮލެޖުން ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ. އަދި ވިލާ ކޮލެޖުން މި ދާއިރާއަށް މީހުން ތަމްރީނު ކުރުމަކީ ކުރިމަތިވެފައި އޮތް ދަތިކަމަކަށް ހޯދައިދޭ ހައްލެއް ކަމަށް ވިދާޅުވި އެވެ.

ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ޑީން އައިޝަތު މާލާ ވަނީ ފާމަސިސްޓުންގެ މުހިއްމު ކަމާއި މުޖުތަމައުގައި އެ މީހުންގެ ދައުރާ ބެހޭގޮތުން ވާހަކަދައްކަވައިފަ އެވެ. އަދި ކުރިއަރާފައިވާ ގައުމުތަކުގައި ފާމަސިސްޓުންގެ ދައުރު ފުޅާކަން ފާހަގަކުރައްވައި ބޭސް އުފެއްދުމުގައި ވެސް ފާމަސިސްޓުންގެ އަދާ ކުރާ ދައުރު ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވަނީ މި ކޯސް ފުރިހަމަކުރާ ކުދިންނަކީ ޕްރޮފެޝަނަލް، މުޖުތަމައު ގަބޫލުކުރާ އެތިކަލް ސްޓޭންޑާޑްސްތަކުގައި ހިފަހައްޓާނެ ބަޔަކަށް ވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

ވިލާ ކޮލެޖަކީ ފާމަސީ ދަރިވަރުންނަށް ރާއްޖޭގައި ވައިޓް ކޯޓު ހަވާލުކުރާ ފުރަތަމަ ކޮލެޖެވެ. އެ ކޮލެޖުގެ ފުރަތަމަ ފާމަސީ ޑިގްރީގެ ބެޗުގެ ދަރިވަރުންނަށް ވެސް ވައިޓް ކޯޓު ދިނެވެ.