ކުރީގެ ޕީޖީ މުހްތާޒް އޭޑީކޭގައި އެޑްމިޓްކޮށްފި
ކުރީގެ ޕީޖީ މުހްތާޒް އޭޑީކޭގައި އެޑްމިޓްކޮށްފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) މުހްތާޒު މުހްސިން އޭޑީކޭގައި އިއްޔެ އެޑްމިޓްކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މުހްތާޒު އެޑްމިޓްކުރީ އުނަގަނޑުގައި ރިއްސާތީ، ޖަހަން ޖެހޭ އިންޖެކްޝަނެއް ޖަހަން ކަމަށެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިއަދުގެ ވަގުތެއްގައި ދޫކޮށްލާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގާތްގުޅުމެއް އޮންނަ މުހްތާޒަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލައިގަ އެވެ.