21 އޯގަސްޓް 2024 - 10:22

އައިޖީއެމްއެޗުގައި ހުންނަ މިސްކިތުގެ ތެރޭގައި ބަރަހަނާވި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ.
ފުލުހުން ކޯޓަށް ހުށަހެޅި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އޭނާ ވަނީ އައިޖީއެމްއެޗުގެ މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދައްކައިފަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެއްކާއި ގަރީނާ ފުލުހުން ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ކޯޓުގައި އޭނާ ވަނީ އެއްވެސް ވާހަކައެއް ދައްކަން ދެކޮޅު ހަދައިފަ އެވެ.
މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި އޭނާގެ ކުށުގެ ރެކޯޑު އޮވެ އެވެ. ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި، މި މީހާ ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި މާލޭގެ ސުކޫލަކަށް ވަދެ ވެސް ބަރަހަނާ ވެފަ އެވެ.