18 އޯގަސްޓް 2024 - 13:04

ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި 'ބޭންކް ފަންޑް' އަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.
މި ފަހަރު ހުޅުވާލި ފުރުސަތުގައި އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ހަވީރު 4 ޖަހަންދެން ޖައްމިޔާތަކަށް ޕްރޮޕޯޒަލްތައް ހުށަހެޅޭނެ އެވެ.
މި ފަންޑަށް ހުށަހެޅޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތްތަކާއި ކްލަބްތަކަށެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ[email protected]އަށް އީމެއިލް މެދުވެރިކޮށެވެ.
މި ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދޭން ވަނީ ހަމަޖެހިފަ އެވެ.