ގެސްޓްހައުސް ވިޔަފާރިތަކަށް ހާއްސަ ސިމްޕޯސިއަމެއް އެމްއައިބީން ބާއްވަނީ
ގެސްޓްހައުސް ވިޔަފާރިތަކަށް ހާއްސަ ސިމްޕޯސިއަމެއް އެމްއައިބީން ބާއްވަނީ

ގެސްޓްހައުސްއާ ގުޅޭ އެކި ވިޔަފާރިތަކަށް އަމާޒުކޮށްގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ގެސްޓްހައުސް ސިމްޕޯސިއަމް އޮކްޓޯބަރު 10 ގައި ބާއްވަން ނިންމައިފި އެވެ.

ގެސްޓްހައުސް ވިޔަފާރިތަކަށް ހާއްސަ ސިމްޕޯސިއަމެއް އެމްއައިބީން ބާއްވަނީ
ގެސްޓްހައުސް ވިޔަފާރިތަކަށް ހާއްސަ ސިމްޕޯސިއަމެއް އެމްއައިބީން ބާއްވަނީ

އެމްއައިބީގެ ތިން ވަނަ "ގެސްޓް ހައުސް ސިމްޕޯސިއަމް 2024" ގައި ގާތްގަނޑަކަށް 150 ސްލޮޓް ދޫކުރާނެ އެވެ. ކްރޮސް ރޯޑްސްގައި ބާއްވާ މި ސިމްޕޯސިއަމްގައި ބައިވެރިވާން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެމްއައިބީން ބުންޏެވެ.

ގެސްޓްހައުސް ވިޔަފާރިތަކަށް ހާއްސަ ސިމްޕޯސިއަމެއް އެމްއައިބީން ބާއްވަނީ
ގެސްޓްހައުސް ވިޔަފާރިތަކަށް ހާއްސަ ސިމްޕޯސިއަމެއް އެމްއައިބީން ބާއްވަނީ

އެމްއައިބީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު ރިޒާ ވިދާޅުވީ، މިފަދަ އިވެންޓެއް ބާއްވަނީ ރާއްޖޭގެ ޓޫރިޒަމް ފުޅާކޮށް، ގެސްޓްހައުސްއާ ގުޅޭ ދާއިރާތަކުގެ ހުރިހާ ވިޔަފާރިތައް އެއް ތަނަކަށް ޖަމާވެ ހުރި ގޮންޖެހުންތަކަށް ހައްލު ހޯދަން ކަމަށެވެ.

މިއީ، އެއް ބަޔަކު އަނެއް ބަޔަކަށް ތަޖުރިބާ ހިއްސާކުރެވޭނެ ޕްލެޓްފޯމެއް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މި ފޯރަމްގައި އަޅުގަނޑުމެންގެ ފޯކަސް އޭރިއާއަކީ ގެސްޓްހައުސް އާއި ލިވަބޯޑްސް އާއި މީގެ އިތުރުން ގެސްޓްހައުސް އާއި ޓޫރިޒަމް ދާއިރާއަށް ސަޕްލައިކުރާ އެސްއެމްއީތަކާ މިފަދަ އެކި އެކި ދާއިރާތަކުން މަސައްކަތް ކުރާ ގިނަ މީހުން ބައިވެރިވާނެ،" އޭނާ ވިދާޅުވި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވީ، ގެސްޓްހައުސްތަކާއި ހޮޓާތަކުގެ އޯނަރުން އެއް ތަނަކަށް ޖަމާވެ، ފައިނޭންސް ހޯދާނެ ގޮތްތަކާއި މާކެޓު ކުރާނެ ގޮތްތައް އޮޅުން ފިލުވާނެ ކަމަށެވެ.

އެމްއައިބީގެ ޗީފް ރީޓެއިލް ބޭންކިން އޮފިސަރު ހުސެއިން އާލިމް ޝަކޫރު ވިދާޅުވި ގޮތުގައި ގެސްޓްހައުސް ސިމްޕޯސިއަމް ދެ ފަހަރެއްގެ މަތިން ބާއްވާފައިވާ އިރު އެ ތަޖުރިބާ އިން ވެސް އެނގުނީ، ނެޝަނަލް ލެވެލްއެއްގައި އެފަދަ ފޯރަމެއް ބާއްވަން ޖެހޭ ކަމެވެ.