17 އޯގަސްޓް 2024 - 22:07

ހުޅުމާލޭގައި ހިންގާ ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި، އޭނާގެ އަތުން ފޭރުނު މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ރޭ ފަތިހުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ހައްޔަރު ކުރި މީހާގެ ވަނަވަރު ފުލުހުން ވަނީ މިރޭ އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ގދ. ތިނަދޫ، ސްކޫނާ، އަލީ ޝައްމާހު ވަހީދު 29، ކަމަށެވެ.
ހުޅުމާލެ 1 ގައި ހިންގާ ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި ބިރުދައްކައިގެން ފައިސާ ފޭރުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަން ފުލުހުން ހާމަ ކުރީ މިއަދު ހެނދުނު އެވެ.
މި މައްސަލައާ ގުޅޭ މާ ބޮޑު ތަފްސީލެއް ފުލުހުން އަދި އާއްމެއް ނުކުރެ އެވެ.