ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ފޯރި ގަދަ ބ. ޒޯނުގެ ފައިނަލަށް ނޯޓިލަސް، ސެމީގައި ދުސިތާއި މިލައިދޫ
ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ފޯރި ގަދަ ބ. ޒޯނުގެ ފައިނަލަށް ނޯޓިލަސް، ސެމީގައި ދުސިތާއި މިލައިދޫ

ދިރާގު ޓެކާސް ރިސޯޓް ފުޓްސަލް ކަޕް 2024 ގެ ބ. ޒޯޯނުގެ ސެމީ ފައިނަލް މާދަމާ ކުޅޭނެ އެވެ.

ފަސް ޓީމު ބައިވެރިވި މި ޒޯނުގެ ލީގު ބުރުގެ ކުޅުން ނިމުނުއިރު، ނޯޓިލަސް މޯލްޑިވްސް އާއި ދުސިތު ތާނީ އަދި މިލައިދޫ ވެސް އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ. ތިން ޓީމު ވެސް ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް، ނުވަ ޕޮއިންޓް ހޯދައިފަ އެވެ.

ނަމަވެސް ގޯލުގެ ތަފާތުން އެންމެ ކުރި ހޯދައި، ފައިނަލްގެ ސީދާ ޖާގައެއް ހޯދީ ނޯޓިލަސް އެވެ.

ދެވަނައިގައި ނިންމި ދުސިތާއި ތިންވަނައިގައި ނިންމި މިލައިދޫ މާދަމާ ހަވީރު ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ފަހު ޖާގަ ލިބޭނެ އެވެ.

ބ. ޒޯނުގެ ކުޅުން ކުރިއަށް ދަނީ ރޯޔަލް އައިލެންޑް ރިސޯޓުގަ އެވެ. ލީގު ބުރުގައި ރޯޔަލް އަށް އެންމެ ޕޮއިންޓެއް ވެސް ލިބިފައި ނުވާއިރު، ހަތަރުވަނައިގައި ނިންމާލީ ތިން ޕޮއިންޓް ހޯދި ސޮނެވާފުށި ރިސޯޓެވެ.

މިދިޔަ އަހަރުގެ ބ. ޒޯނުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ މިލައިދޫ އެވެ. މިލައިދޫ ޗެމްޕިއަންކަން ހޯދާފައި ވަނީ ފައިނަލްގައި ސޮނެވާފުށި ބަލިކޮށްފަ އެވެ.