މާލެ ސިޓީ ކައުންސިލްގެ އެސްޖީ މަގާމުން ވަކިކޮށްފި
މާލެ ސިޓީ ކައުންސިލްގެ އެސްޖީ މަގާމުން ވަކިކޮށްފި

މާލެ ސިޓީ ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމުގައި ހުންނެވި ވަޖީހު ނަސީރު އެ މަގާމުން ވަކިކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލްގެ އެސްޖީ މަގާމުން ވަކިކޮށްފި
މާލެ ސިޓީ ކައުންސިލްގެ އެސްޖީ މަގާމުން ވަކިކޮށްފި

އިއްޔެ ބޭއްވި ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 158 ވަނަ ޖަލްސާގައި އެ ކައުންސިލްގެ އެސްޖީ ވަކިކުރުމާ މެދު ގޮތެއް ނިންމަން އެޖެންޑާކޮށް އެކަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.

މާލެ ސިޓީ ކައުންސިލްގެ އެސްޖީ މަގާމުން ވަކިކޮށްފި
މާލެ ސިޓީ ކައުންސިލްގެ އެސްޖީ މަގާމުން ވަކިކޮށްފި

އެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި އެސްޖީ މަގާމުން ވަކިކުރަން ހުށަހަޅާފައިވަނީ ގާނޫނީ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ އެވެ. އާޒިމް ވިދާޅުވީ އެއީ ގާބިލް ބޭފުޅެއް ނަމަވެސް މަސައްކަތް ލަސް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެސްޖީގެ އެބަހުރި މަސައްކަތުގެ ލަސްވުންތަކެއް. އެކަމަކު ހަމައެކަނި އެސްޖީގެ މައްސަލަތަކެއް ނޫން އެއީ. މިތަނުގެ އެތެރޭގައި ސިވިލް ސިސްޓަމް އެތެރޭގައި ހުރި މައްސަލަތައް ވެސް އެބައުޅޭ،" އާޒިމް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ވަޖީހުގެ މަސައްކަތް ލަސްކަމުގެ ވާހަކަ ދެކެވޭތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ ކަމަށާއި އެކަމާ ކަންބޮޑުވުން ވެސް ފާޅުކުރުމުން މަސައްކަތްތައް އަވަސް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

ނަމަވެސް ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވީ ކައުންސިލަށް އާންމުންގެ މީހަކު ފޮނުވާ ސިޓީއަށް ޖަވާބު ނުލިބިގެން ދެ މަހަށްވުރެ ގިނަ ދުވަސްވާ ކަމަށެވެ. އެއީ އެކަން ވެގެންވާނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޖީ ވަކިކުރަން ވޯޓަށް އެހި އިރު ޖަވާބުދާރީވާނެ ފުރުސަތު ދީފައިނުވާތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހު ވަނީ އެ ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މީހަކާ މެދު ކިތަންމެ ހިތްހަމަނުޖެހުނަސް ދޭން ޖެހޭ ފުރުސަތުތަކެއް ހުންނާނެ. އެހެންވެ މި ދަންނަވަނީ ލިޔުމުން މިތަނަށް ޖަވާބެއް ފޮނުމުގެ ފުރުސަތު ދެއްވާށޭ،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލުން، އެސްޖީ ވަކިކުރުމަށް ފާސްކުރި އިރު ޑިމޮކްރެޓްސްގެ މެންބަރު ސައިފް އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އާއިޝަތު ނާޒިމާ ވަކި ގޮތަކަށް ވޯޓެއް ނުދެއްވަ އެވެ.