އެއްމާބަނޑު ދެ ދަރިން ރަޖިސްޓްރީކުރަން ގޮސް ހުއްޓާ ލިބުނީ ދެ ދަރިންނާއި އަނބިމީހާގެ މަރުގެ ޚަބަރު
އެއްމާބަނޑު ދެ ދަރިން ރަޖިސްޓްރީކުރަން ގޮސް ހުއްޓާ ލިބުނީ ދެ ދަރިންނާއި އަނބިމީހާގެ މަރުގެ ޚަބަރު

މުހައްމަދު އަބޫ އަލް ޣުމްސާނަށް ތިން ދުވަސް ކުރިން ލިބުނު އެއްމާބަނޑު ދެ ދަރިންގެ އިތުރުން އޭނާގެ އަނބިމީހާގެ ޚަބަރު ލިބުނު އިރު އޭނާ ހުރީ އެ ތުއްތު ދެ ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ނަގަން ގޮހެވެ. އިޒްރޭލުން ކެނޑިނޭޅި ހަމަލާ ދެމުން ގެންދާ ފަލަސްތީނުގެ ޣައްޒާގައި ހުންނަ އޭނާގެ އެޕާޓްމަންޓަށް ބޮން އަޅައި އެ ތިން މައިން ޝަހީދުކޮށްލީ އެވެ.

އެއްމާބަނޑު ދެ ދަރިން ރަޖިސްޓްރީކުރަން ގޮސް ހުއްޓާ ލިބުނީ ދެ ދަރިންނާއި އަނބިމީހާގެ މަރުގެ ޚަބަރު
އެއްމާބަނޑު ދެ ދަރިން ރަޖިސްޓްރީކުރަން ގޮސް ހުއްޓާ ލިބުނީ ދެ ދަރިންނާއި އަނބިމީހާގެ މަރުގެ ޚަބަރު

އަބޫ އަލް ޣުމްސާން އޭނާގެ ދެ ދަރިންގެ އުފަން ދުވަހުގެ ސެޓްފިކެޓް ހިފައިގެން ހުރި އަޑުން އަޑު ނަގައި ރޮމުން ދަނިކޮށް ހޭނެތިގެން ވެއްޓޭ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ވީޑިއޯ މިހާރު ވެފައިވަނީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ، ބަޔާން ނުކުރެވޭނެ ވޭނުގެ މިސާލަކަށެވެ.

އެއްމާބަނޑު ދެ ދަރިން ރަޖިސްޓްރީކުރަން ގޮސް ހުއްޓާ ލިބުނީ ދެ ދަރިންނާއި އަނބިމީހާގެ މަރުގެ ޚަބަރު
އެއްމާބަނޑު ދެ ދަރިން ރަޖިސްޓްރީކުރަން ގޮސް ހުއްޓާ ލިބުނީ ދެ ދަރިންނާއި އަނބިމީހާގެ މަރުގެ ޚަބަރު

"ގެޔަށް ހަމަލާ ދިނީ އަހަރެން ހޮސްޕިޓަލަށް ހޮސް ހުއްޓާ،" އަބޫ އަލް ޣުމްސާން ރޮމުން ވާހަކަ ދެއްކި އެވެ.

"އުފަން ދުވަހުގެ ސެޓްފިކެޓް ޕްރިންޓް ވެސް ކުރި ފަހުން ލިބުނީ ފޯން ކޯލެއް."

"އެ ގުޅި މީހާ ބުނީ އަހަރެން ސަލާމަތުން އެބަ ހުރިހޭ. ކޮންތާކުހޭ ތި ހުރީ؟ އަހަރެން ބުނީ މި ހުރީ ޝުހަދާ އަލް އަގްސާ ހޮސްޕިޓަލްގައޭ. ދެން އެކޮޅުން ބުނީ އަހަރެންގެ ގެޔަށް ބޮން އަޅައިފިއޭ."

އަބޫ އަލް ޣުމްސާން ހޮސްޕިޓަލަށް ދިޔައީ ބޮން އެޅި ފްލެޓް އިމާރާތުގެ ފަސް ވަނަ ބުރީގައި އޭނާގެ އަނބިމީހާ އާއި އެއްމާބަނޑު ދެ ދަރިންނާއި މައިދައިތަ ބައިތިއްބާފަ އެވެ. ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލަހްގައި މި އިމާރާތް ހުންނަ ހިސާބަށް އިޒްރޭލުން ކެނޑިނޭޅި ހަމަލާދެ އެވެ.

"ދެން އެ ގުޅި މީހަކު ބުނެފި އެ މީހުން ވެސް ތިބީ އެ ހޮސްޕިޓަލްގައި ކަމަށް. ދެން އަހަރެން ބުނިން މި ހުރީ ހޮސްޕިޓަލަށް ވަންނަ ހިސާބުގައޭ،" އޭނާ ކިޔައިދިނެވެ.

"އަހަރެން އުފަން ދުވަހުގެ ސެޓްފިކެޓްތައް ހިފައިގެން ހޮސްޕިޓަލް ތެރެއަށް ވަނުމާ އެކު އެ މީހުން ބުނެފި ... އެންމެންވީ މޯޗަރީގައޭ."

ގެދޮރު ގެއްލި ހާލުގައި ޖެހުމުން އޭނާ އަށް އިއްޔެ ޖެހުނީ އިޒްރޭލުން ރައްކާތެރި ސަރަަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަލް މަވާސީގެ ޓެންޓެއްގައި، އޭނާގެ ދެ ދަރިން ބޭނުން ވެސް ނުކޮށް ހުރި ހެދުންތަކާ އެކު ގޮސް ހުންނާށެވެ.

އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ފިރިހެން ކުއްޖާއަށް އާސިރު އަދި އަންހެން ކުއްޖާއަށް އައިސަލްގެ ނަން ރަސްމީކޮށް ކިޔައި އަނބިމީހާ އަށް އުފަން ދުވަހުގެ ސެޓްފިކެޓް ދައްކާލާނެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ.

"އުފަން ދުވަހުގެ ސެޓްފިކެޓް ހެދި ދުވަހުގެ އެ ކުދިންގެ މަރުގެ ސެޓްފިކެޓާއި ދަރިންގެ މަންމަގެ މަރުގެ ސެޓްފިކެޓް ވެސް ހައްދަން ޖެހުނު."

"އެ ކުދިން އުފަންވުމުގެ އުފާ ފާޅުކޮށްލާނެ ފުރުސަތެއް ވެސް ނުލިބުނު. މިއީ އެ ކުދިން އަދި ނުވެސް ލައްވާ ހުރި އަންނައުނު،" ހުސްނުވެ އޮތް ނެޕީ ޕެކެޓެއް ދައްކާލަމުން އަބޫ އަލް ޣުމްސާން ބުންޏެވެ.

"މި ނެޕީ ވެސް ހޯދީ ވަރަށް ހާލުން. ޣައްޒާއިން ނެޕީ ހޯދަން ތިން މަސް ދުވަހު މަސައްކަތްކުރިން،" އިޒްރޭލުގެ ހަމަލާތަކާ ހެދި އަސާސީ ތަކެތި މުޅިންހެން ހުސްވެފައިވާ ޣައްޒާގެ ހާލަތު ސިފަކޮށްދެމުން އޭނާ ބުންޏެވެ.

އަބޫ އަލް ޣުމްސާން، ފާމަސިސްޓެއް ކަމަށްވާ އޭނާގެ އަންހެނުން ޖުމާނާއާ ކައިވެނިކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށުމުގެ ކުރިން ޖުލައި މަހު އެވެ. ޖުމާނާ އަށް ޖެހުނީ މާބަނޑު ހާލުގައި އިނދެ، ހަމަލާތަކުން ސަލާމަތްވާން އެއްތަނުން އަނެއް ތަނަށް ދުވާށެވެ. އެއްމާބަނޑު ދެ ކުދިންނަށް ބަލިވެއިން އިރު ވެސް ބަނޑަށް ހަތް މަސް ވަންދެން ވެސް އޭނާ ބޭނުންވީ ހޮސްޕިޓަލްތަކުގައި ހިލޭސާބަހަށް ހިދުމަތްކޮށްދޭށެވެ.

"ހަމަލާތައް ފެށުނީއްސުރެ ކޮންމެ ދުވަހަކު ވެސް އަހަރެން ހުންނަނީ ބިރުން. އަންހެނުން ބައިގެން ހިނގައިދާނެ ކަމުގެ ބިރު އަބަދުވެސް އޮތް،"

"އަހަރެމެންގެ ރައްޓެހިން، އާއިލާގެ މީހުން އަދި ވަރަށް ގާތް މީހުން މަރުވެ ހިނގައްޖެ،"

"އަހަރެމެން ތިބީ ވަރަށް ބޮޑު ހިތްދަތިކަމެއްގައި. ވަރަށް ބިރުން. ސަލާމަތްވާން އެތައް ތަނަކަށް ދެވިއްޖެ."

އަބޫ އަލް ޣުމްސާން ބުނީ އިޒްރޭލުން ރައްކާތެރި ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވާ ސަރަހައްދެއްގެ ތެރޭ، އޭނާގެ އަނބިމީހާއަށް އަމާޒުވާ ގޮތަށް ހަމަލާދީ އެފަދަ ގޮތަކަށް މަރާލި ސަބަބެއް އެނގެން ބޭނުންވާ ކަމަށެވެ.

"ހަމަލާ ދޭން އުޅޭ ކަމުގެ އިންޒާރެއް ކުރިއަކުން ނުލިބޭ. އަހަންނަކީ ހަނގުރާމައަކާ ގުޅުން ހުރި މީހެއް ނޫން. އަހަރެމެންނަކީ އާދައިގެ އާންމު ރައްޔިތުން."

-- އޭއެފްޕީ