ރައީސަށް ލަފާ ދޭން ޒުވާނުންގެ ކޮމިޓީއެއް އުފައްދަވައިފި
ރައީސަށް ލަފާ ދޭން ޒުވާނުންގެ ކޮމިޓީއެއް އުފައްދަވައިފި

އެކި ދާއިރާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެރުވުމަށް 15 މެމްބަރުން ހިމެނޭހެން "ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީ" އެއް މިއަދު އިފުތިތާހު ކޮށްފި އެވެ.

ރައީސަށް ލަފާ ދޭން ޒުވާނުންގެ ކޮމިޓީއެއް އުފައްދަވައިފި
ރައީސަށް ލަފާ ދޭން ޒުވާނުންގެ ކޮމިޓީއެއް އުފައްދަވައިފި

ޒުވާނުންގެ ކޮމިޓީއެއް އުފެއްދެވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސަށް ލަފާ ދޭން ޒުވާނުންގެ ކޮމިޓީއެއް އުފައްދަވައިފި
ރައީސަށް ލަފާ ދޭން ޒުވާނުންގެ ކޮމިޓީއެއް އުފައްދަވައިފި

މިއަދު ފާހަގަކުރާ ދުނިޔޭގެ ޒުވާނުންގެ ދުވަހާ ގުޅިގެން، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ އެ ކޮމިޓީ އުފައްދައި، މެމްބަރުންނަށް ލިޔުން ހަވާލު ކޮށްދެއްވައިފަ އެވެ.

ރައީސަށް ލަފާ ދޭން ޒުވާނުންގެ ކޮމިޓީއެއް އުފައްދަވައިފި
ރައީސަށް ލަފާ ދޭން ޒުވާނުންގެ ކޮމިޓީއެއް އުފައްދަވައިފި

އެ ކޮމިޓީއަށް ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންގެ ތެރެއިން ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީގެ ރައީސަކަށް ހަމަޖައްސަވާފައި ވަނީ ދާއޫދު އަހުމަދާއި ނަޒާހާ ނަޒީމް އެވެ.

- ގައުމީ ލެވެލްގެ އެތުލީޓުންގެ ދާއިރާ: އަބްދުﷲ ސިއާއު

- ގައުމީ ލެވެލްގެ އެތްލީޓުންގެ ދާއިރާ: ރަބާބް އިބްރާހިމް އަދި އަބްދުﷲ ސިޔާއު

- ފަންނިއްޔަތާއި ފަންނުވެރިކަމުގެ ދާއިރާ: އައިޝަތު އަޝްނާ އަދި އަހުމަދު އަމްރު

- ޒުވާނުން ބާރުވެރިކުރުވާ އެންޖީއޯގެ ދާއިރާ: ފާތިމަތު ރާޔާ ޝަރީފް އަދި ނިމާލް ހަމީދު

ޔޫތު މިނިސްޓްރީން ކަނޑައަޅާ 4 ދާއިރާގެ މެމްބަރުން:

- އަބްދުﷲ މާހިލް ޝަހީމް

- މީސަމް އިބްރާހިމް

- މުހައްމަދު ރައްޔާން މާހިދު

- ހުވައިނާ މުހައްމަދު ނިހާދު

ޔުނިވާސިޓީގެ ސްޓޫޑެންޓް ޔުނިއަންގެ ތެރެއިން 3 މެމްބަރުން:

- ޖައިޝް އަލީ ވަހީދު

- ހުސެއިން އަރުބާން ފައްވާޒް

- ދަލޫފް އަހުމަދު

އެ ރަސްމިއްޔާތަށް ފަހު ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ޒުވާނުން ކަމަށެވެ. އެ ކޮމެޓީ އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ގައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންގެ ބަސް އިއްވައި ރައީސަށް ލަފާދިނުމަށް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން މިދަނީ، މިކަހަލަ މަސައްކަތެއް ފެށިގެން ދިއުމުން. އެއީ ރާއްޖޭގެ ޒުވާނުންގެ ފަރާތުން، ޒުވާނުންނަށްޓަކައި ކަމެއް ކޮށްދިނުން. އެއްވެސް ކަމެއްގައި ލިމިޓެއް، ބަސް ނުބުނެވޭނެ ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދިގެން ކަންކަން ކުރުމަށް ވުރެ ބޮޑަށް، ތިބޭފުޅުން [މެމްބަރުން] ކަންކަމުގައި ބޭނުންވާ ގޮތް ވިދާޅުވުމުގެ ފުރުސަތު މި އޮތީ ފަހިވެފައި."

ދައުލަތުގެ ހުރިހާ ކަމެއްގައި އަދި ރާއްޖޭގެ އިމުގެ ތެރޭގައި ހިނގާ ކޮންމެ ކަމެއްގައި ވެސް އެ ކޮމެޓީގެ މެމްބަރުންނަށް ލަފާ ދެއްވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.