ދުވާރުމަތިން ގޮނޑި މޭޒުތައް ނުނެގުމުން އެޗްޑީސީން ނުކުމެއްޖެ
ދުވާރުމަތިން ގޮނޑި މޭޒުތައް ނުނެގުމުން އެޗްޑީސީން ނުކުމެއްޖެ

ހުޅުމާލޭގެ މަގުތަކުގެ ޕޭވްމަންޓް މަތީގައި ގޮނޑި މޭޒު ބަހައްޓައިގެން ކެފޭތަކުން ހިދުމަތް ދޭތީ އެ ތަކެތި ނަގަން އެންގުމުން ވެސް ނުނެގުމުން، ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނުކުމެ އެ ތަކެތި ނެގުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ދުވާރުމަތިން ގޮނޑި މޭޒުތައް ނުނެގުމުން އެޗްޑީސީން ނުކުމެއްޖެ
ދުވާރުމަތިން ގޮނޑި މޭޒުތައް ނުނެގުމުން އެޗްޑީސީން ނުކުމެއްޖެ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކެފޭ އަދި ޓޭކްއަވޭ ހިދުމަތްދޭ ތަންތަނުގައި ޕޭވްމަންޓްގައި ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތް ދޭތީ ތަކެތި ނަގަން އެޗްޑީސީން އެންގީ މިދިޔަ މަހުގެ 23 ގަ އެވެ. އެ އެންގުމަށް އަމަލު ނުކުރާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްޑީސީން އޭރު ބުންޏެވެ.

ދުވާރުމަތިން ގޮނޑި މޭޒުތައް ނުނެގުމުން އެޗްޑީސީން ނުކުމެއްޖެ
ދުވާރުމަތިން ގޮނޑި މޭޒުތައް ނުނެގުމުން އެޗްޑީސީން ނުކުމެއްޖެ

އެކަމަށް އެޗްޑީސީން ދިން މުއްދަތު ހަމަވުމުން އިއްޔެ އެ ކުންފުނިން ވަނީ ޕޭވްމަންޓް މަތީގައި ބަހައްޓާފައި ހުރި ގޮނޑި އާއި މޭޒު ނެގުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ރަސްމީކޮށް ފަށައިފަ އެވެ.

ޕޭވްމަންޓާއި ހެޖް ތެރޭގައި މޭޒާއި ގޮނޑި ބަހައްޓައިގެން ވިޔަފާރި ހިދުމަތް ދޭތީ އެކަމުގެ ސަބަބުން އާންމުންނަށް އެކި ވަރުގެ އުނދަގޫތައް ކުރިމަތިވެ އެވެ.

ސުކޫލުތައް ހުންނަ ސަރަހައްދުތަކުގެ ޕޭވްމަންޓް މަތީގައި ތިބެގެން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ޕޭވްމަންޓްތަކުގައި ކެފޭ ހިދުމަތް ދޭތީ، ހިނގާ މީހުންނަށް އުނދަގޫވާކަމުގެ ޝަކުވާ ބޮޑެވެ.