11 އޯގަސްޓް 2024 - 21:31

ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ މައްސަލައިގައި ދެ މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.
ފުލުހުން މިރޭ އާންމުކުރި ވީޑިއޯގައި އެކްސިޑެންޓެއްވުމުން މަޑުނުކޮށް، އެ ސަރަހައްދުން ދެ މީހަކު ދާތީ ފެނެ އެވެ. ފެންނަނީ ވެއްޓިފައި އޮތް ސައިކަލެއް ކައިރިން އެ ދެ މީހުން ހިނގާފައި ހައިވޭގައި ދަނިކޮށެވެ. ވަކި ހިސާބަކުން އެތަނުން އެކަކު ދުއްވައިވެސް ގަނެ އެވެ.
މިއީ ކޮން އިރަކު ހިނގި އެކްސިޑެންޓެއް ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.
ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހުންނަކީ ހެންވޭރު ޕޮލިހުން ތަހުގީގުކުރާ އެކްސިޑެންޓްގެ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވެ، ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ބައެއް ކަމަށެވެ.
އެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އެކަން ފުލުހުންނަށް އެންގުމަށް ވަނީ އެދިފަ އެވެ.