11 އޯގަސްޓް 2024 - 18:35

ނ. މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު މޯލްޑިވިއަން އިން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ. އަދި އައިލޭންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ
މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.
މި މަޝްރޫއުގެ ދަށުން މިހާރު އޮތް 453 އަކަމީޓަރުގެ ފަޔަ ރޯޑު ތަޅާލުމާއ،ި 18,660 އަކަމީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައ،ި ސަބްބޭސް ތައްޔާރުކޮށް، ވެއަރިން ކޯސްއެއް އެޅުމާއ،ި 4,047 އަކަމީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މީގެ އިތުރުން އެއާފީލްޑް ލައިޓިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ. މި މަޝްރޫއު ހަވާލުކުރީ 29.85 މިލިއަން ރުފިޔާއަށް، 180 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑުކުރުމުން އެއާޕޯޓްގެ ހިދުމަތް އިތުރަށް ޒަމާނީވެ ފުރިހަމަވެގެންދާނެ ކަމަށެވެ. އަދ،ި އެމްޓީސީސީން ކުރިއަށްގެންދާ މާފަރު އެކްސްޕޭންޝަން
މަޝްރޫއު ނިމުމުން އެއާޕޯޓްގެ ހިދުމަތް އިތުރަށް ފުޅާވެ، ވަޒީފާގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއުގެ ސަބަބުން، ޕްރައިވެޓް ޖެޓްތައް ޕާކް ކުރާނެ އިތުރު ޖާގަ ލިބުމާ އެކު، ޕްރައިވެޓް ޖެޓްތައް މާފަރު އެއާޕޯޓްގައި ޖައްސާ އަދަދު ވެސް އިތުރުވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. ޓޫރިސްޓުން މި ސަރަހައްދަށް އަންނަ އަދަދު މަތިވެ، އެއަޕޯޓަށް ޖެޓް ޕާކިން އިން
ލިބޭ އާމްދަނީ އިތުރުވާނެ އެވެ.