11 އޯގަސްޓް 2024 - 12:03

ރާއްޖޭގެ ތަޖުރިބާކާރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ، ހުދުމާ ވިޔަފާރީގެ ވެރިޔާ މޫސާ މުހައްމަދުފުޅު (ހުވަނދުމާ މޫސާފުޅު) ނިޔާވެއްޖެ އެވެ.
ފޮއްޗާއި ޔުނިފޯމު ހުދުމާގެ ފިހާރަތަކުން ވިއްކަމުން އަންނަ އިރު އެއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގާމެންޓް ވިޔަފާރި ކުރާ ކުންފުންޏެވެ.
މިދިޔަ ހުކުރުދުވަހު މޫސާ މުހައްމަދުފުޅު ނިޔާވި އިރު އުމުރަކީ 82 އަހަރެވެ. އޭނާގެ ކަށުނަމާދު އޮތީ މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
ވިޔަފާރީގައި މޫސާފުޅުގެ ހިދުމަތް ފާހަގަކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވައިފަ އެވެ.