ހަބަރެއް ނުވާތާ ތިން ދުވަސް ވުމުން ޒުވާނަކު ހޯދަނީ
ހަބަރެއް ނުވާތާ ތިން ދުވަސް ވުމުން ޒުވާނަކު ހޯދަނީ

މާލޭގައި ދިރިއުޅޭ ހދ. ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަނީ އެ ރަށު ކިނާރާގެ، އަހުމަދު އަނިލް މުހައްމަދު 23، އެވެ.

އާއިލާއަށް އޭނާ ވީ ތަނެއް ނޭނގިގެން ހޯދައިދޭން އެދި ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ހަބަރެއް އެންމެ ފަހުން އާއިލާއަށް ވީ މިދިޔަ ބުރާސްފަތި ދުވެހެވެ.

ފުލުުހުން ބުނީ ބުރާސްފަތިދުވަހު ހެނދުނު، ފޯނުން އޭނާއާ ވާހަކަ ދެއްކި ކަމަށް އާއިލާ އިން ބުނެފައިވާ ކަމަށެވެ.

އަނިލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9791382 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން އެދެ އެވެ.