ރާއްޖޭގެ ހޫނު މަރުހަބާ އަށް ޖައިޝަންކަރުގެ ޝުކުރު ރައީސް މުއިއްޒަށް
ރާއްޖޭގެ ހޫނު މަރުހަބާ އަށް ޖައިޝަންކަރުގެ ޝުކުރު ރައީސް މުއިއްޒަށް

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަައިޝަންކަރު ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރާ ގުޅިގެން އޭނާ އަށް ދެންނެވި ހޫނު މަރުހަބާ އާއި ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފި އެވެ.

ރާއްޖޭގެ ހޫނު މަރުހަބާ އަށް ޖައިޝަންކަރުގެ ޝުކުރު ރައީސް މުއިއްޒަށް
ރާއްޖޭގެ ހޫނު މަރުހަބާ އަށް ޖައިޝަންކަރުގެ ޝުކުރު ރައީސް މުއިއްޒަށް

އެކްސްގައި ޖައިޝަންކަރު ރައީސް މުއިއްޒަށް ޝުކުރު އަދާކުރެއްވީ އެ މަނިކުފާނު ކުރެއްވި ޕޯސްޓެއް، ރިޕޯސްޓް ކުރައްވަ އެވެ.

ރާއްޖޭގެ ހޫނު މަރުހަބާ އަށް ޖައިޝަންކަރުގެ ޝުކުރު ރައީސް މުއިއްޒަށް
ރާއްޖޭގެ ހޫނު މަރުހަބާ އަށް ޖައިޝަންކަރުގެ ޝުކުރު ރައީސް މުއިއްޒަށް

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުގައި އުޅުއްވަމުން ޖައިޝަންކަރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގެ ހޫނު މަރުހަބާ އަށް ޖައިޝަންކަރުގެ ޝުކުރު ރައީސް މުއިއްޒަށް
ރާއްޖޭގެ ހޫނު މަރުހަބާ އަށް ޖައިޝަންކަރުގެ ޝުކުރު ރައީސް މުއިއްޒަށް

ޖައިޝަންކަރާ އެކު މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމަށް ފަހު، ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ، އިންޑިއާ ސަރުކާރަށް އަދި ވަކިން ހާއްސަކޮށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެ އަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރާއްޖޭގެ ހޫނު މަރުހަބާ އަށް ޖައިޝަންކަރުގެ ޝުކުރު ރައީސް މުއިއްޒަށް
ރާއްޖޭގެ ހޫނު މަރުހަބާ އަށް ޖައިޝަންކަރުގެ ޝުކުރު ރައީސް މުއިއްޒަށް

ރައީސް ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ވަރުގަދަކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ގުޅިގެން، އުޖާލާ މުސްތަގުބަލެއް ސަރަަހައްދަށް ގެންނަވާނެ އެވެ.

ރާއްޖޭގެ ހޫނު މަރުހަބާ އަށް ޖައިޝަންކަރުގެ ޝުކުރު ރައީސް މުއިއްޒަށް
ރާއްޖޭގެ ހޫނު މަރުހަބާ އަށް ޖައިޝަންކަރުގެ ޝުކުރު ރައީސް މުއިއްޒަށް

އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސަވައި، ކާބޯތަކެތީގެ ކޯޓާ ވެސް އިތުރު ދެ އަހަރަށް ހަމަޖައްސައިދީ، ލައިން އޮފް ކްރެޑިޓްގައި ބާކީ ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތް ހަދައި ދީފަ އެވެ.

ރާއްޖޭގެ ހޫނު މަރުހަބާ އަށް ޖައިޝަންކަރުގެ ޝުކުރު ރައީސް މުއިއްޒަށް
ރާއްޖޭގެ ހޫނު މަރުހަބާ އަށް ޖައިޝަންކަރުގެ ޝުކުރު ރައީސް މުއިއްޒަށް

ޖައިޝަންކަރާ އެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ރައީސް މުއިއްޒު ވަނީ އިންޑިއާ އިން ރާއްޖެ އަށް ވަމުން އަންނަ އެހީތަކަށް ޝުކުރު އަދާކުރައްވައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އާ އުސްމިންތަކަކަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"ދެ ގައުމުގެ ތާރީހީ ގުޅުން އަންނަން އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާކޮށް، އާ ހަރުފަތަކަށް ގެންދިއުމަށް އަޅުގަނޑުގެ ސަރުކާރުން ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ އެންމެ ކުރީކޮޅު ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވިޔަސް މިހާރު ވަނީ އެ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރައްވައިފަ އެވެ.