09 އޯގަސްޓް 2024 - 19:56

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އދ. މާމިގިއްޔަށް މިއަދު ވަޑައިގަތުމުން، އެ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެމަނިކުފާނަށް ހޫނު މަރުހަބާއެއް އިއްޔެ ދަންނަވައިފި އެވެ.
އަބްދުއްރަހީމާއި އެމަނިކުފާނުގެ އަނބިކަނބަލުން މާމިގިއްޔަށް ވަޑައިގަތީ ގާސިމްގެ ދައުވަތަކަށެވެ.
މާމިގިލިން އެ ދެކަނބަލުންނަށް ވަނީ ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފަ އެވެ. ގާސިމް އާއި މާމިގިލީ އެއާޕޯޓުގެ އިސްވެރިންނާއި މުވައްޒަފުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރުން އަދި މާމިގިލީގެ އާންމުން ވެސް ވަނީ އަބްދުއްރަހީމަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންފަ އެވެ.
މި ކޮންކަމަކާ ގުޅިގެން ކުރެއްވި ދަތުރެއް ކަމެއް އަދި ނޭނގެ އެވެ.
މަޖިލީހުގެ އިދާރާއިން ވެސް މިކަމާ ބެހޭގޮތުން ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.