08 އޯގަސްޓް 2024 - 12:36

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ފުރަން ގޮސް ހުރި މީހެއްގެ އަތުން މަސްތުވާތަކެތި ފެނުމުން، އޭނާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ ބަލާފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ރަބަރު ޕެކެޓް ފެނިފައިވެ އެވެ. އޭގެ ބަރުދަނުގައި 209 ގްރާމު ހުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ޑްރަގު އެންފޯސްމަންޓުން އެ މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.