08 އޯގަސްޓް 2024 - 12:22

ހޮލީވުޑް ފިލްމް، "ޑެޑްޕޫލް"ގެ ކޮސްޓިއުމް ލައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އުޅުނު މީހަކާ ފުލުހުން ރޭ ސުވާލުކުރުމަށް ފަހު ދޫކޮށްލައިފި އެވެ.
މާވެލް ސްޓޫޑިއޯސްގެ އާ ފިލްމު "ޑެޑްޕޫލް އެންޑް ވޮލްވެރިން"ގެ ހެދުމުގައި ޓާމިނަލް ތެރޭގައި މީހަކު އުޅެނިކޮށް ސޯޝަލްމީޑިއާގައި ވަނީ ވީޑިއޯއެއް އާއްމުވެފަ އެވެ. ޑެޑްޕޫލް ހެދުމުގައި ހުރި އެ ފިރިހެންމީހާއާ ފުލުހުން ސުވާލުކުރާ ތަން އެ ވީޑޯއިން ފެނެ އެވެ.
ފުލުހުން ބުނީ އެ މީހާއާ ސުވާލުކުރީ އެގޮތަށް ހެދުން އަޅައިގެން ހުރުމުން ކަމަށެވެ. އޭނާ އެ ހެދުމުގައި އެއާޕޯޓަށް ދިޔައީ ރައްޓެއްސަކު ބަލާ ކަމަށް ފުލުހުން ގާތު ބުނެފައިވެ އެވެ.
އެހެންވެ މައުލޫމާތު ސާފުކުރުމަށް ފަހު ފުލުހުން އޭނާ ދޫކޮށްލީ އެވެ.
ޑެޑްޕޫލްގެ ތިން ވަނަ ފިލްމު މިދިޔަ މަހުގެ ތެރޭގައި ރިލީޒްކޮށްފައިވާއިރު ބޮޑު ތަރުހީބެއް ދަނީ ފިލްމަށް ލިބެމުންނެވެ.