ބޭރުގެ ގިނަ އިންވެސްޓަރުންނާ އެކު ރާއްޖޭގައި ޓޫރިޒަމްގެ ބޮޑު ކޮންފަރެންސެއް
ބޭރުގެ ގިނަ އިންވެސްޓަރުންނާ އެކު ރާއްޖޭގައި ޓޫރިޒަމްގެ ބޮޑު ކޮންފަރެންސެއް

ޓޫރިޒަމް ދާއިރާގައި ހުރި އިންވެސްޓްމަންޓްތަކަށް ހާއްސަކޮށްގެން ބޭރުގެ ގިނަ އިންވެސްޓަރުންނާ އެކު ބޮޑު ކޮންފަރެންސެއް ރާއްޖޭގައި މިއަދު ފަށައިފި އެވެ.

ބޭރުގެ ގިނަ އިންވެސްޓަރުންނާ އެކު ރާއްޖޭގައި ޓޫރިޒަމްގެ ބޮޑު ކޮންފަރެންސެއް
ބޭރުގެ ގިނަ އިންވެސްޓަރުންނާ އެކު ރާއްޖޭގައި ޓޫރިޒަމްގެ ބޮޑު ކޮންފަރެންސެއް

ކްރޮސް ރޯޑްސްގައި ކުރިއަށް ގެންދާ ކޮންފަރެންސްގައި ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރުން ބޭރުގެ އެކި ފަރާތްތައް ހިމެނޭ ގޮތަށް 140 އިންވެސްޓަރުން ބައިވެރިވެ އެވެ. މީގެ ތެރޭގައި އެމެރިކާ އާއި ސިންގަޕޫރާއި ތައިލެންޑާއި ފިލިޕީންސާއި ތުރުކީ އާއި އިންޑިއާ އަދި ސްރީ ލަންކާ ފަދަ ގައުމުތަކުގެ އިންވެސްޓަރުން ހިމެނެ އެވެ.

ބޭރުގެ ގިނަ އިންވެސްޓަރުންނާ އެކު ރާއްޖޭގައި ޓޫރިޒަމްގެ ބޮޑު ކޮންފަރެންސެއް
ބޭރުގެ ގިނަ އިންވެސްޓަރުންނާ އެކު ރާއްޖޭގައި ޓޫރިޒަމްގެ ބޮޑު ކޮންފަރެންސެއް

އޮސްޓްރޭލިއަން ހޮޓެލް އިންޑަސްޓްރީ ކޮންފަރެންސް އެންޑް އެގްޒިބިޝަން (އަހައިސް) އިން އިންތިޒާމްކޮށްގެން ބާއްވާ "އަހައިސް މޯލްޑިވްސް ހޮޓެލް އިންވެސްޓްމެންޓް ސަމިޓު" ގެ ބޭނުމަކީ، ޓޫރިޒަމް ދާއިރާގެ ހުރި ފުރުސަތުތައް އިންވެސްޓަރުންނަށް ކިޔައިދީ، ދާއިރާއާ ގުޅޭ މައުލޫމާތު ދިނުމެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރަން ހުރި ފުރުސަތުތައް ފަހިކޮށްދިނުމެވެ.

ބޭރުގެ ގިނަ އިންވެސްޓަރުންނާ އެކު ރާއްޖޭގައި ޓޫރިޒަމްގެ ބޮޑު ކޮންފަރެންސެއް
ބޭރުގެ ގިނަ އިންވެސްޓަރުންނާ އެކު ރާއްޖޭގައި ޓޫރިޒަމްގެ ބޮޑު ކޮންފަރެންސެއް

މި ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެެވެ.

އަހައިސްގެ ގްރޫޕްގެ ރައީސް ޖޭމްސް ޖީ ވިލްކިންސަން ވިދާޅުވީ، ރާއްޖެއަކީ ޓޫރިޒަމް ދާއިރާގެ ބޮޑު ޑިމާންޑެއް އޮތް ގައުމެއް ކަމަށެވެ. މި ގައުމުގައި އިންވެސްޓަރުންނަށް ހުރި ފުރުސަތުތައް ކިޔައިދިނުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ކޮންފަރެންސްގައި ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭ ގޮތުން ޕެނަލް ޑިސްކަޝަންތައް ވެސް ކުރިއަށްދާނެ އެވެ.

އަހައިސް އިން ބުނީ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި މިފަދަ އިތުރު ކޮންފަރެންސްތައް ބާއްވާނެ ކަމަށެވެ. މީގެ ކުރިން ސިގަންޕޫރާއި ސައުތު އީސްޓު އޭޝިއާގެ ގައުމުތަކާއި ފިޖީ ފަދަ ގައުމުތަކުގައި އިންވެސްޓްމެންޓް ފޯރަމްތައް ބާއްވާފައިވެ އެވެ.