ކަރަންޓުގެ މައްސަލަ ހައްލު ކުރަން 1600 ކިލޯވޮޓްގެ ޖަނަރޭޓަރެއް އައްޑު އަށް
ކަރަންޓުގެ މައްސަލަ ހައްލު ކުރަން 1600 ކިލޯވޮޓްގެ ޖަނަރޭޓަރެއް އައްޑު އަށް

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރަން ގަތް އާ ޖެނަރޭޓަރު އައްޑު އަށް ގެންދިއުމުގެ މަސައްކަތް ފެނަކައިން ފަށައިފި އެވެ.

ކަރަންޓުގެ މައްސަލަ ހައްލު ކުރަން 1600 ކިލޯވޮޓްގެ ޖަނަރޭޓަރެއް އައްޑު އަށް
ކަރަންޓުގެ މައްސަލަ ހައްލު ކުރަން 1600 ކިލޯވޮޓްގެ ޖަނަރޭޓަރެއް އައްޑު އަށް

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓް ކަރަންޓު ބޭނުންވެ އެވެ. ކަަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ. އޭގެ ޖުމްލަ ޖުމްލަ ކެޕޭސިޓީއަކީ 26.8 މެގަވޮޓް ނަމަވެސް އޭގެ ތެރެއިން ފަސް ޖެނަރޭޓަރު ހަލާކުވުމުން މިހާރު އުފެއްދެނީ 15 މެގަވޮޓެވެ.

ކަރަންޓުގެ މައްސަލަ ހައްލު ކުރަން 1600 ކިލޯވޮޓްގެ ޖަނަރޭޓަރެއް އައްޑު އަށް
ކަރަންޓުގެ މައްސަލަ ހައްލު ކުރަން 1600 ކިލޯވޮޓްގެ ޖަނަރޭޓަރެއް އައްޑު އަށް

ޖެނެރޭޝަންގެ ކެޕޭސިޓީގެ މައްސަލައިގެ އިތުރުން ކަރަންޓު ކެނޑެން މެދުވެރިވާ އަނެއް ސަބަބަކީ މަގު ހަދާއިރު ކޭބަލަށް ތަކުރާރުކޮށް، ގެއްލުން ލިބެމުންދާތީ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

އެ ކުންފުނިން މިއަދު ބުނީ އައްޑު އަށް މިވަގުތު ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް 1,600 ކިލޯވޮޓްގެ ޖެންސެޓެއް އައްޑު އަށް ގެންދިއުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އާ ޖެނެރޭޓަރކާ އެކު، އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މި މަހު ހައްލު ވާނެ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގު ވެސް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫ ހިތަދޫގެ ސެންޓްރަލް ޕަވާ ސްޓޭޝަނަށް އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެއްވެސް ތަރައްގީއެއް ގެނެސްފައި ނެތުމުން އެ ތަނުގެ ހާލަތު ގޯސް ވެފައިވާ ކަމަށެވެ.

ސެންޓްރަލް ޕަވާ ސްޓޭޝަނަށް ބޭނުންވާ އިތުރު ޖެނަރޭޓަރުތައް އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ގަނެފައި ނުވާ ކަމަށާއި މިހާރު ބޭނުންކުރާ ޖެނަރޭޓަރުތައް ވެސް އޭރު ނުބަލަހައްޓާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އޭޕްރީލް މަހު ވަނީ އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. ފެނަކައިން ބުނެފައިވަނީ އެ މަޝްރޫއު ނިމުމުން އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ކުރިއަށް އޮތް 20 ވަރަކަށް އަހަރަށް ލިބިގެންދާނެ ކަމަށެވެ.