މެކަރޯންސްގެ ކްރޭވިންސް އައިސް ބައްދައިގަތްއިރު އައިމިނަތު ރުޚްސާ އިނީ އޭނާގެ ދެ ވަނަ ދަރިފުޅަށް ބަލިވެ އެވެ. ބަނޑުގައި އަޅައިގަތް 'މެކަރޯންސް' ގެ ތަދަށް ކެތްނުކުރެވިގެން އެއަށް 'ފޮނިކަމެއް' ހޯދަން އޭނާ ތެދުވެ ހިނގައިގަތެވެ. ބަދިގެ ތެރެއިން ހާވަމުން ގޮސް އަތު ޖެހުނު އާމަންޑްތަކެއް މުގުރައި ޗިސްކޮށް ފުއްގަނޑަކާ އެކު މޮޑެލައިފި އެވެ. އެކަމަކު އުތުރި އަރަމުން ދިޔަ ކްރޭވިންސްއާ ބައްދަލު އިންގްރީޑިއަންޓެއް ގޭގައި ނެތެވެ.

ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް
ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް

"އެކަމަކު ވެސް ކޮންމެވެސް ގޮތަކަށް އަމިއްލަ އަށް މެކަރޯންސް ހަދައިގެން ކެއީ އެންމެ ފަހުން،" މިހެން ބުނެފައި ރުޚްސާ ބާރަކަށް ހީގަތެވެ.

ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް
ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް

އެކަމަކު އޭނާ އަކީ މިޒާޖުގައި ވަރަށް މަޑުމައިތިރި، ޒުވާން މަންމައެކެވެ. ނަމަވެސް މެކަރޯންސްގެ ވާހަކަތައް ދައްކަން ފެށުމުން މަޑުމަޑުން ގޮސް އޭނާގެ އެ ހިމޭންކަމުގެ ރަހަ ވެސް ކުއްލިއަކަށް ބަދަލުވެއްޖެ އެވެ. އަހަރެމެން މި އިންޓަވިއު 'ފިހެ، ރޯފިލުވަމުން' ގެންދިޔައީ 'ފޮނިތޮށި' ބްރޭންޑްގެ ނަމުގައި ރުޚްސާ އޭނާގެ ކުލަކުލައިގެ މެކްރޯންސްތައް ބޭކްކޮށް ބަންދުކުރާ އޭނާގެ އަމިއްލަ ގޭގެ ބަދިގެ ތެރޭގައި ތިބެގެންނެވެ.

ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް
ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް

އުމުރުން 32 އަހަރުގެ ރުޚްސާ އަކީ ހޯމް-ބޭކާ އެކެވެ. އެކަމަކު އަދި މަޑުކޮށްބަލާށެވެ. އޭނާގެ އުފެއްދުންތަކުގެ ރަހަ ހެޔޮވަރުވާނީ މި ބެކްސްޓޯރީ ލިޔެ ނިމުނީމަ އެވެ. އެހެންވީމަ އަނެއްކާވެސް، ދެންމެ އެ މެދުކެނޑުނު ހިސާބުން އަލުން ފަށައިގަންނަމާ ހިނގާށެވެ.

ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް
ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް

ރުޚްސާ ބާރަށް ހީގަތެވެ.

ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް
ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް

"އަމިއްލަ އަށް އެ ފަހަރު ތައްޔާރުކުރި އާމަންޑް މެކަރޯންސް ހަމަ ވަރަށް މީރު. އެކަމަކު އެއްވެސް މީހަކާ ޝެއާއެއް ނުކުރަން. އަޅުގަނޑު ބަނޑުބޮޑުވެގެން މެކަރޯންސް ކާ ހިތްވެގެން ގޮސް ހެދި އެއްޗެއް ވީމަ. ވަރަށް ކުޑަ ބެޗެއް ހެދީ ވެސް. ހުރިހާ އެއްޗެއް ކާލީ އަމިއްލަ އަށް،" މެދުކެނޑުނު ހިސާބުން ފަށައިގެން ހެމުން ހެމުން ގޮސް އޭނާ ނިންމާލި އެވެ.

ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް
ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް

"އެއީ އަލަށް ވެސް އަޅުގަނޑު އަމިއްލަ އަށް މެކަރޯން ބޭކްކުރި ފުރަތަމަ ފަހަރު. މިހާރު ކޮންމެ ދުވަހަކު އެތައް ބައިވަރު މެކަރޯންސް ތައްޔާރުކުރާތީ މެކަރޯންސް އެހާ ކާހިތެއް ނުވޭ،"

ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް
ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް

"އެކަމަކު މެކަރޯންސް ބޭކްކުރުމަކީ ކެއްކުމުގެ ތެރެއިން މިހާރު އަޅުގަނޑު ހަމަ އެންމެ ކުރާ ހިތްވާ ކަންތައް."

ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް
ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް

މިހައި ހިސާބަށް ކިޔައިދީފައި، އޭނާގެ ހަޔާތުގައި މެކަރޯނެއް އަލަށް ކެއި ތަޖުރިބާ ވެސް ރުޚްސާ ކިޔައިދިނެވެ. އެއީ އެންމެ އުފާވެރި ފޮނި ހަނދާންތަކެއް ނޫނެވެ. ދުވަސް ނުފުރާ ވިހެއި އޭނާގެ އަލަތު ދަރިފުޅު ވަރަށް ބަލިކޮށް އުޅުނު ދުވަސްކޮޅެކެވެ. އަދި އޭނާގެ ބޭސްފަރުވާ އަށް ސިންގަޕޫރަށް ގޮސް އުޅުނު ދުވަސްވަރެކެވެ. އެކަމަކު އަނެއްކާވެސް މެކަރޯންގެ ފޮނިކަމާ ގޮސް ގުޅުވި އުފާވެރި ހަނދާނެކެވެ.

ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް
ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް

"މިއީ އަސްލު މެކަރޯންސްގެ ކްރޭވިންއެއް ދެ ވަނަ ޕްރެގްނެންސީގައި އެހާ ބޮޑުވި ސަބަބަކީ ވެސް،" ރުޚްސާގެ ހިނިގަނޑު ދިޔައީ ފަޅަފަޅައިގެންނެވެ.

ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް
ފޮނިތޮށި ކާފޫރު ތޮޅިއެއް ނޫން: މާ ފޮނި، މާ އުފާވެރި ރަހަތަކެއް

"ދަރިފުޅު ބަލިވެގެން އެގޮތަށް ދިޔަ ދަތުރެއްގައި އޮސްޓްރޭލިއަން ޕޭސްޓްރީ ޝޮޕަކުން އަޅުގަނޑު އަލަށް ވެސް މެކަރޯންސް ކެއީ. އެ ރަހަ އަނގައިގައި ޖެހުމާއެކު އެންމެ މީރު ޕޭސްޓްރީއަކަށް މެކަރޯން ވެއްޖެ،" ރުޚްސާ ކިޔައިދެމުން ދިޔައީ އެ ދުވަހުގެ ރަހަ އާއި ޝައުގުވެރިކަމުގަ އެވެ.

"ދެން އެތަނަށް ދާ ކޮންމެ ފަހަރަކު ވަރަށް ބައިވަރު މެކަރޯން ގެނެގެން ހިފައިގެން އަންނާނީ މާލެ އަށް ވެސް. ގެނެސް ގޭގެ ފްރިޖުގައި ބަހައްޓައިގެން ކޮންމެ ދުވަހަކު ވެސް ކަމުން ދާނީ ހުސްވަންދެން. އެހާ ބޮޑަށް ހިތްޖެހުނީ މެކަރޯންސް އަށް."

ހުސްވީމަ އޭނާ ފަށައިގަތީ މާލޭގައި ލިބެން ހުރި މެކަރޯންސްގެ ރަހަތަކުންނެވެ. ނަމަވެސް އޭނާގެ ހިތް ޖަހައިގެން ގެންދިޔަ މެކަރޯންގެ ރަހަތައް އަލުން ލިބޭ ގޮތެއް ނުވި އެވެ.

މެކަރޯންސްގެ އެތައް ރަހައަކުން ރޯފިލުވާފައިވާ އޭނާގެ އަމިއްލަ ބްރޭންޑް "ފޮނިތޮށި' އުފަންވި ހިސާބަކީ މިއެވެ. އަދި މިއީ ހަމަ އެއްގޮތަކަށް ވެސް ފޮނިތޮށި ކާފޫރު ތޮޅި ލައިގެން ކިޔައިދޭ ވާހަކައެއް ނޫނެވެ.

ރުޚްސާގެ 'ފޮނިތޮށި' ވުޖޫދުވެގެން އައި ގޮތުގެ ރަހަތައް ވަރަށް ވެސް ގިނަ އެވެ. އޭނާ އެ ހުރިހާ ވާހަކައެއް ކިޔައިދެމުން ދިޔައިރު ފާހަގަކުރެވުނު މުހިންމު ސިފައަކީ އޭގެ ކޮންމެ ފެށުމެއްގައި ވެސްވީ މޮޅިވެރިކަމެވެ. އަދި ކެއްކި ކެއްކުމަކުން ދެން ފެށުނު އުފާވެރި އައު ފެށުންތަކެވެ.

ނުބައިކޮށް ޑައިގްނޯސްކޮށް ހޮސްޕިޓަލުން ދިން ބާރުގަދަ ބޭސްތަކެއް ނަގައިގެން ބޮޑުބޭބެ ކުއްލިގޮތަކަށް މަރުވިއިރު ރުޚްސާ އަށް 12 އަހަރެވެ.

"އެ ހާދިސާ އަށް ފަހު އަޅުގަނޑުގެ މަންމަ އާއި ބައްޕަ އަޅުގަނޑު ގާތުގައި އަބަދުވެސް ބުނަމުން ދިޔައީ ދަރިފުޅު ވާނީ ޑޮކްޓަރަކަށް ދޯއޭ،" ރުޚްސާ ހަނދާން އާކޮށްލި އެވެ.

"އެގޮތަށް ދިމާވެ، އަބަދުވެސް އާއިލާގެ މީހުން އެގޮތަށް ކިޔާތީ ވިސްނިފައި ހުރީ ބޮޑުވެގެން އަޅުގަނޑު ވާނީ ޑޮކްޓަރަކަށޭ."

އެއަށް ފަހު ފުރައިގެން ގޮސް ޖެއްސީ ރަޝިއާގައެވެ. ޑޮކްޓަރަކަށް ވުމުގެ ހުވަފެނަކަށް ވުރެ ބޮޑަށް ހިތުގައި އޮތް އުފާވެރިކަމަކީ ކެއްކުން ކަން އޭނާ އަށް އިހުސާސުކޮށްދިނީ މައިނަސް ޓެމްޕަރޭޗަރުގެ އެ އާދަޔާހިލާފު ދަތުރެވެ.

"ކުޑައިރު، ގޭގައި އުޅެ ބޮޑުވިއިރު އަޅުގަނޑުމެންނަށް މަނާ ވާނެ ބަދިގެ އަށް ވަނުން ވެސް، އެހެންވީމަ ހެން ހީވަނީ މިހާ ބޮޑަށް ކައްކަން ޝައުގުވެރިވެ، ބަދިގެ ތެރޭގައި ކެއްކުމާއިގެން އުޅެން ހިތްޖެހުނީ ވެސް،" ރުޚްސާ ބުނެލިއެވެ.

އޭނާ އަލަށް ވެސް، އަމިއްލަ އަށް ކައްކަން ފެށީ މެޑިސިން ކިޔަވަން ގޮސް ރަޝިއާގައި ދިރިއުޅެމުން ދިޔަ ހޮސްޓެލްގެ ބަދިގެއެއްގަ އެވެ. އެކުގައި ކިޔަވަމުން ދިޔަ އެހެން ދިވެހި ކުދިންނަށެވެ. ކެކެމުން އަރަމުން ދިޔަ އެ ފޯރިއާ އެކު މެޑިސިން ސްކޫލުގެ ކިޔެވުމަށް ފޫހިވެ އަހަރެއްވީއިރު އޭނާ ދިރިއުޅުމުގެ މުޅިން އެހެން ބާބެއް ފަށައިފި އެވެ.

"އަޅުގަނޑު ހުރީ މި މެޑިސިން ސްކޫލުން ނުކުންނާނެ ގޮތެއް ނޭނގިފައި އޭރު. އެހެން އުޅެނިކޮށް، އޭރުގެ ބޯއިފްރެންޑް [މިހާރުގެ ހަޒްބަންޑް] ބޭނުން ވެއްޖެ މެރީކުރަން. ދެން މެރީކޮށްގެން މެޑިކަލް ސްކޫލް ދޫކޮށްލާފައި ގޮސް އުޅެން ފެށީ އޮސްޓްރޭލިއާގައި،" ރުޚްސާ ކިޔައިދިނެވެ.

"އޭރު އޭނަ އުޅެނީ ކިޔަވަން. އޭރު ރާއްޖޭގައި އޮންނަ ގޮތުން އޭލެވެލް ނުނިންމައި މެޑިސިން ކިޔެވިޔަސް ޕްރެކްޓިސް ނުކުރެވޭނެ. އެހެންވީމަ އެ ބްރޭކުގައި އަޅުގަނޑު ހިތަށް އެރީ ދެ ވަނަ އަހަރު ފަށަން ވާއިރަށް އޭލެވެލް ނިންމާނީއޭ."

ނަމަވެސް އޭނާގެ ހިތް އޮތީ ތެއްޔާއި ތަވަޔާއި އަވަނަށް ވެއްޓުނު ގޮތަށް އެ ޝައުގުވެރިކަމުގައި ތަތްލަވާފަ އެވެ. މެޑިސިންގެ އިތުރު ދެ އަހަރު ފުރިހަމަކުރިއިރު ވެސް ކެއްކުމާއި ބޭކިން އަށް އޮތް ޝައުގުވެރިކަން ފިލައިގެންދާ ވަރުގެ ބޭސްފަރުވާއެއް ނުހޯދުނެވެ. އަދި އެކަން އެންމެފަހުން ރުޚްސާގެ ފިރިމީހާ އަށް ވެސް ފާހަގަވެއްޖެ އެވެ.

"އަޅުގަނޑުގެ ހަޒްބަންޑް އަޅުގަނޑާ ދިމާލަށް ބުނީ، އެނގޭ ހެއްޔޯ، ތިމަންނަ އަށް ހީވަނީ ރުޚްސާ މާ އުފަލުގައި އުޅޭހެންނޭ ރުޚްސާ ކައްކާ ދުވަހެއް ނަމަ. ހަޒްބަންޑް ބުނީ އަޅުގަނޑު އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވެއެއް ނޫން ހެއްޔޭ މެޑިސިން ކިޔެވުން. އެހެންވީމަ ހިނގާށޭ ދޫކޮށްލަން ކިޔެވުން. ބޭކްކުރަން ފަށަންވީ ނޫން ހެއްޔޭ އެއީއެއް ނޫންހޭ އަޅުގަނޑު އެންމެ އުފާވާ މަސައްކަތަކީ،" ރުޚްސާ ބުނެލިއެވެ.

"ދެން އެހިސާބުން ފަށައިގެން، އަޅުގަނޑުގެ ދެ ކުދިން ގޭގައި ބަލަމުން ލިބޭ ހުސް ވަގުތުތަކުގައި ބޭކްކުރަން ފެށީ. އަދި މެކަރޯންސް ތައްޔާރުކުރަމުން ގޮސް އެންމެފަހުން އާއިލާގެ ވަރަށް ގިނަ މީހުންނަށް ކަމުގޮސްފި އޭގެ ރަހަތައް. ދެން އެންމެން ބުނަން ފަށައިފި މިކަން އަވަހަށް ފަށަންވީ ނޫން ހެއްޔޯ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި."

ފޮނިތޮށި ކާފޫރު ތޮޅި ނުލިޔަސް، ފޮނި ފޮނި ފެށުމަކުން ރުޚްސާ އޭނާގެ މި ދަތުރު ރަސްމީކޮށް އެންމެ ފަހުން ފެށީ އެވެ.

ކޮވިޑްގެ ފުރަބަންދުގައި ރުޚްސާ އަށް މަސް ވަންދެން އުޅުނީ ކ. ދިއްފުށީގަ އެވެ. މިހާރު މި ފެށުނީ ރުޚްސާގެ 'ފޮނިތޮށީގައި' ނަލަ ކުރިއެއް ރޯވެ ހެދެން ފެށި ވާހަކަ އެވެ. ފްރެންޗް ކުއިޒީންގެ ތެރެއިން ޕާފެކްޓްކުރަން އެންމެ އުނދަގޫ ޕޭސްޓްރީގެ ގޮތުގައި ޝެފުން ސިފަކޮށްފައިވާ މެކަރޯންސްގެ ފޯމިއުލާ އާއި މަސައްކަތް އޭނާ ފެންމެޓަޔަކަށް ހެދިތާ ހައެއްކަ އަހަރުވެއްޖެ އެވެ.

"އެކަމަކު އަޅުގަނޑު މިގޮތަށް އޮންލައިންކޮށް އޯޑަރު ނަގައިގެން އާންމުންނަށް މެކަރޯންސް ވިއްކަން ފެށީ ކޮވިޑަށް ފަހު. ދެން މެކަރޯންސްގެ އިތުރުން މިހާރު އަޅުގަނޑު އޯޑަރު ނަގައިގެން ތައްޔާރުކުރާ އަނެއް ޕްރޮޑަކްޓަކީ ސަވަޑޯ ބްރެޑް،" ޑޮކްޓަރުކަން ކިޔެވުން ހުއްޓާލާފައި ގޮސް ހޮޓެލް ސްކޫލަކުން ތަމްރީނުވެ އޭނާ އަބަދުވެސް އެންމެ އުފާވި މަސައްކަތުގައި ހަމަޖެހިލައިގެން ހުރެ އޯޑަރުތައް ނަގަމުން ނޯޓުކުރަމުން ގެންދިޔަ ރުޚްސާ ބުނެލި އެވެ.

ދެން އޭނާ ކިޔައިދޭން ފެށީ އޭނާގެ މި ބޭކިންގެ މަސައްކަތުން ނުކުތް ނަލަކުރި ނުވަތަ ސަވަޑޯ ބްރެޑްގެ ވާހަކަ އެވެ.

"ކޮވިޑް ތެރޭގައި އެންމެން ވެސް އެކި ކަހަލަ އެކްސްޕެރިމަންޓް ކުރަމުން ދިޔައީމަ އަޅުގަނޑު ފެށީ ޕާން ފިހަން. ދެން ކޮވިޑްގެ އެ ބަންދުގައި ދިއްފުށީގައި އުޅުނުއިރު އަޅުގަނޑު ގެންދިޔައީ މުޅި ރަށަށް ވާވަރަށް ޕާން ފިހެ ކޮންމެ ދުވަހަކުވެސް ފިހާރައަށް ލަމުން،" ރުޚްސާ ކިޔައިދިނެވެ.

"އެކަމަކު އެއީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އަޅުގަނޑު ބޭކްކުރާ ހިތުން ކުރި ކަމެއް. އަދި ސަވަޑޯ (ސްޕެޝަލްޓީ ޕާނެއް) ތައްޔާރުކުރާހިތުން ފެށުނު ކަމެއް،"

ނަމަވެސް އަށް މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކުވެސް ރުޚްސާ ރަށަށް ވިއްކީ އާދައިގެ ޕާނެވެ. ދެ ތިން ދުވަހުގެ ފާމެންޓޭޝަން ޕްރޮސެސްއަކަށް ފަހު ވައިލްޑް އީސްޓުގައި ތައްޔާރުކުރާ ސެވަޑޯ ޕާން ކޮންމެވެސް ވަރަކަށް ތައްޔާރުކުރިޔަސް އާންމުކޮށް އޯޑަރު ނަގައިގެން ވިއްކާކަށް ނުފަށެވެ.

"އެއް ފަހަރު އަޅުގަނޑު އެގޮތަށް ސަވަޑޯ ޕާނެއް ފިހެގެން އާދައިގެ ޕާނަކަށް ވުރެ އޭގެ އަގުބޮޑުވީމަ އެކަމާ ހިތްހަމަނުޖެހިގެން މީހަކު ބުނި ހަނދާންވޭ "50ރ. އަށް ދޭ ޕާނެކޭ. ތިމަންނަމެން ނޫޅެމޭ ތިއެއް ގަންނާކަށް،" ރުޚްސާ ހީގެންފައި ކިޔައިދިނެވެ.

އެކަމަކު ކޮވިޑްގެ އެ ފުރަބަންދަށް ފަހު ރުޚްސާގެ 'ފޮނިތޮށި' ޕޭޖުގައި މެކަރޯންސްއާ އެއްވަރަކަށް ރަހަ ހެޔޮވަރުކޮށްދޭ މަގްބޫލު އަނެއް ޕްރޮޑަކްޓަކަށް މިހާރު ބަދަލުވެފައި ވަނީ އޭނާގެ މި ސަވަޑޯ ޕާނެވެ. މިއަދު އޭނާގެ ދިރިއުޅުމުގައި ކޮންމެ ދުވަހަކީ ވެސް މެކަރޯނާއި ސަވަޑޯގެ ދުވަހެކެވެ. ނުވަތަ ފޫހިކަމެއް ނެތް މި މަސައްކަތުގައި އުޅެނިކޮށް ދުވަސް ނިމިގެންދާ ގޮތް އިހުސާސް ވެސް ނުވާ ތަޖުރިބާ އެކެވެ.

"މިއީ ހަމަ ވަރަށް ހަމްބްލިން ޖާނީއެއް. އެންމެ ފުރަތަމަ ކަމަކަށް، މިއީ އަޅުގަނޑު ދުވަހަކުވެސް ގަބޫލުކުރި ކަމެއް ނޫން މިގޮތަށް މެކަރޯންސް ބޭކްކޮށްގެން ގޭގައި އިނދެ ވިއްކައިގެން ރަނގަޅު އާމްދަނީއެއް މިއިން ހޯދިދާނެ ކަމަކަށް،" ރުޚްސާ ބުންޏެވެ.

ރުޚްސާ މިހާރު ތައްޔާރުވަމުން އެ ދަނީ އޭނާގެ ކުޑަކުޑަ ބަދިގޭގައި ފެށި މަސައްކަތް 'ފޮނިތޮށީ' ގެ ގޮތުގައި ބްރޭންޑްކޮށް ބަންދުކޮށް، ބޭކަރީއެއްގެ ސިފައިގައި ހުޅުވުމަށެވެ.

ހުވަފެނަކީ ބިލާހެއް ނޫންކަން އޭނާ އަށް މިހާރު ޔަގީނެވެ.

ބޭކްކޮށް ކުލަތަކުން ޖަރީކުރި މެކަރޯންސްގެ ވަސްގަނޑު އައިސް އަހަރެމެން ތިބި މާހައުލުގައި ބައްދައިގަތީ ހަމަ ކުއްލިއަކަށެވެ. އެއާއެކު ރުޚްސާ އަނެއްކާވެސް ބިޒީވީ އެވެ. މެކަރޯންސްގެ ކްރޭވިންއެއް ނެތަސް އޭނާގެ ހިތް އޮތީ އޮތް ގޮތަށެވެ.