ނުތާހިރުކޮށް ކާބޯތަކެތި ވިއްކި ތަނަކުން ބިދޭސީންތަކެއް ހިފަހައްޓައިފި
ނުތާހިރުކޮށް ކާބޯތަކެތި ވިއްކި ތަނަކުން ބިދޭސީންތަކެއް ހިފަހައްޓައިފި

ރާއްޖޭގައި ގާނޫނާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ މެދު ފިޔަވަޅު އަޅަން ހިންގަމުން އަންނަ އޮޕަރޭޝަނުގައި، ފުޅާދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ތަނަކުން އިތުރު ހަތަރު ބިދޭސީއަކު މިރޭ ހިފަހައްޓައިފި އެވެ.

ނުތާހިރުކޮށް ކާބޯތަކެތި ވިއްކި ތަނަކުން ބިދޭސީންތަކެއް ހިފަހައްޓައިފި
ނުތާހިރުކޮށް ކާބޯތަކެތި ވިއްކި ތަނަކުން ބިދޭސީންތަކެއް ހިފަހައްޓައިފި

އިމިގްރޭޝަނުން ބުނީ ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރީ ކުރަމުން ދިޔަ ތަނެއްގެ މައުލޫމާތު އިމިގްރޭޝަނަށް ލިބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ހުށަހެޅޭ ގޮތަށް އިމިގްރޭޝަނުން ތައާރަފް ކުރި "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ކަމަށެވެ.

ނުތާހިރުކޮށް ކާބޯތަކެތި ވިއްކި ތަނަކުން ބިދޭސީންތަކެއް ހިފަހައްޓައިފި
ނުތާހިރުކޮށް ކާބޯތަކެތި ވިއްކި ތަނަކުން ބިދޭސީންތަކެއް ހިފަހައްޓައިފި

އެ ތަން ބަލައި ފާސްކޮށް، އެ މަސައްކަތުގައި ހަރަކާތްތެރިވި ހަތަރު ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ މި އޮޕަރޭޝަންގެ ފޮޓޯތަކުން ފެންނަ ގޮތުގައި ބިދޭސީން ކައްކަމުން ދިޔަ ތަނުގައި އެއްވެސް ވަރެއްގެ ސާފުތާހިރު ކަމެއް ނެތެވެ. ބޮޑެތި ތެލި ތަކުގައި ކައްކައި، ކޮތަޅުތަކަށް ބަތް އަޅައި ފުނި ޖަހާފައިވާ ތަން ވެސް ފޮޓޯތަކުން ފެނެ އެވެ. ތަނުގެ ތެރޭގައި ތަރުތީބެއް ނެތި ތަކެތި ހުރިއިރު، ބޭނުންކުރާ ސާމާނުތައް ވެސް ފެނުނީ ނުތާހިރުކޮށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، ފާއިތުވި ހަތް މަސް ތެރޭގައި 2،013 ބިދޭސީއަކު ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. މިގޮތަށް ހިފަހައްޓާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދޭން އިމިގްރޭޝަނުން ވަނީ ނިންމައިފަ އެވެ.

ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަ އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުންނާއި މާލޭގައި ހިންގާ ހަށި ވިއްކާ ތަންތަނުން ވެސް ބިދޭސީން ވަނީ ހައްޔަރު ކޮށްފަ އެވެ.

އިިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވިޔަފާރިތައް ބަލައި ގާނޫނީ އިމުގެ ތެރެއަށް ބިދޭސީން ފައްތާނެ އެވެ. އޮޕަރޭޝަން ހުއްޓާލާނީ، އެ މަސައްކަތުގެ ނަތީޖާ ނެރުމަށް ފަހު ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.