04 އޯގަސްޓް 2024 - 18:25

ދިރާގުން ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)އާ އެކު ބާއްވާ މޯލްޑިވްސް އެކައުންޓެންސް ފޯރަމް (އެމްއޭއެފް) ފަށައިފި އެވެ.
މިއަދު ފެށި މި ފޯރަމަކީ ރާއްޖޭގެ އެކައުންޓިން ދާއިރާގެ ތަޖުރިބާކާރުންނާއި އެ ދާއިރާގެ ފަންނީ އެކި ފަރާތްތަކުން ބައިވެރިވާ ފޯރަމެކެވެ. މި ފޯރަމުގައި ދާއިރާގެ މުހިންމު މަޝްވަރާތައްކޮށް، ދާއިރާ އާއި ގުޅުންހުރި އެކި މައުލޫމާތުތައް ހިއްސާކޮށް، ހިޔާލު ބަދަލު ކުރާނެ އެވެ.
މި ފޯރަމުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ "ދަ ސީއެފްއޯ އޭޒް އެން އިނޮވޭޓާ: ލީޑިން އިން ދަ އޭޖް އޮފް އޭއައި އެންޑް އީއެސްޖީ"ގެ މައުލޫއަށް ކީ ނޯޓު ސްޕީޗެއް ދެއްވައިފަ އެވެ.
ދިރާގުން ބުނީ އެކި ދާއިރާތަކުން މީހުން ބިނާކޮށް ތަރައްގީ ކުރުމަކީ އެ ކުންފުނިން ހާއްސަ އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ. އަދި އެ ކުންފުންޏަކީ އެމްއޭއެފް ފަދަ އެކި ފޯރަމްތައް ބޭއްވުމަށް އެހީތެރިކަން ދެމުންދާ ކުންފުންޏެއް ކަމަށް ވެސް ބުންޏެވެ.