03 އޯގަސްޓް 2024 - 21:38

ބީއެމްއެލް އިން ޕޭރޯލް އާއި ބަލްކް ޓްރާންސްފާ ކުރުމަށް އިންޓަނެޓް ބޭންކިން އަދި ފަވަރަ ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ބޭންކުން ސޯޝަލް މީޑިއާގައި ބުނީ ބޮޑެތި އަދަދުތަކުން ޖަމާކުރުމަށް ދެން ރިކުއެސްޓް ކުރަން ޖެހޭނީ ކުރިން ވެސް އެކަން ކުރަމުން އައި ގޮތަށް، އީމެއިލް މެދުވެރިކޮށް ކަމަށެވެ. ބޭންކުން ބުނީ[email protected]އަށް މެއިލް ރިކުއެސްޓް ފޮނުވުމުން މުސާރަ އާއި ބޮޑެތި އަދަދުތައް ޖަމާކުރުން ޕްރޮސެސް ކުރާނެ ކަމަށެވެ.
ބީއެމްއެލް އިން މި ބަދަލު ގެނައީ މިދިޔަ މަހުގެ މުސާރަ ޖަމާކުރި އިރު ލިލީ ބީޗްގެ ބައެއް މުވައްޒަފުންގެ އެކައުންޓަށް 77 ބިލިއަން ޑޮލަރަށްވުރެ ގިނައިން ޖަމާވި މައްސަލަޔަށް ފަހުގަ އެވެ. ބޭންކުން ކުރިން ބުނެފައިވާ ގޮތުގައި އެގޮތަށް ވިޔަސް އެއްވެސް ފައިސާއެއް ގެއްލިފައެއް ނުވެ އެވެ. އެ ހުރިހާ ޓްރާންސެކްޝަންތަކެއް ވަނީ ރިވާސްކޮށްފަ އެވެ.
މި މައްސަލާގައި އެ ބޭންކަށް މާލީ ގޮތުން އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށާއި މިކަން މެދުވެރިވީ ޕޭރޯލް ހެދުމުގައި ގެންގުޅުނު ބަލްކް ޕޭމަންޓް ސިސްޓަމަށް ގެނައި ބަދަލެއްގެ ސަބަބުން ހެދުނު ގޯހެއްގައި ކަމަށް ބުންޏެވެ.