02 އޯގަސްޓް 2024 - 21:12

ކުޅުދުއްފުށީގައި ބިދޭސީއެއްގެ އަތުން ވޮލެޓު ފޭރިގަތް އަންހެނަކު ހައްޔަރުކޮށްފި އެވެ.
ބިދޭސީއަކު މަގުމަތީގައި ހުރި ދިވެހި އަންހެނެއްގެ ޓީޝާޓުގައި ދޫނުކޮށް ހިފަހައްޓައިގެން އުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ވަނީ އާންމުވެފަ އެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި އަންހެން މީހާ ސައިކަލަށް އަރައިގެން ދާން އުޅުމުން ވެސް ބިދޭސީ ފިރިހެނަކު ވަނީ އޭނާ ދޫނުކޮށް ހިފަހައްޓާފަ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ ރަށުގައި ބަންގަލަދޭޝް މީހެއްގެ އަތުން ދިވެހި އަންހެނަކު ވޮލެޓެއް ފޭރިގެންފައިވާ މައްސަލައެއް މިއަދު ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި އަންހެން މީހާ ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.