02 އޯގަސްޓް 2024 - 06:51

އައިކެއާ އިން ވިއްކާ އަވިއައިނުތަކުން ޑިސްކައުންޓު ދޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ފަށަން ނިންމައިފި އެވެ،

އައިކެއާގެ ހުރިހާ ފިހާރަތަކެއްގައި އަންނަ މަހުގެ 17 އާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 30 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
އައިކެއާ އިން ކުއިކްސިލްވާ އާއި ރޭބަން އާއި ރޮކްސީ އަދި މައިކަލް ކޯސް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ އައިނު ލިބޭނެ އެވެ. އެ ތަނުގައި އެކި ވައްތަރުގެ އެކި ކުލަތަކުގެ އައިނު ދުނިގަނޑާއި އަވިއައިނު ހުންނައިރު، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ގިނަ ޑިޒައިންތަކެއް ވެސް ލިބެން ހުންނާނެ އެވެ.
އައިކެއާގެ އައިނު ވިއްކާ ފިހާރަތައް މާލޭގެ އިތުރުން ފުވައްމުލަކާއި އައްޑޫގައި ވެސް ހިންގަ އެވެ.