ތުރުކީގެ ޝޫޓަރު މާ "ކޫލް"؛ ޖީބަށް އަތް ޖަހާލައިގެން ހުރެ އެ ހޯދީ އޮލިމްޕިކްސްގެ ރިހި މެޑަލް
ތުރުކީގެ ޝޫޓަރު މާ "ކޫލް"؛ ޖީބަށް އަތް ޖަހާލައިގެން ހުރެ އެ ހޯދީ އޮލިމްޕިކްސްގެ ރިހި މެޑަލް

ޗެޓޮރޫ (އޮގަސްޓް 2) - ފްރާންސްގައި މިހާރު ކުރިއަށްދާ ހޫނު މޫސުމުގެ އޮލިމްޕިކްސް ޝޫޓިންގައި ރިހި މެޑަލް ހޯދި ތުރުކީގެ ޝޫޓަރު ޔޫސުފް ޑިކެކް އަށް ވަނީ ސޯޝަލްމީޑީއާގައި ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.

ތުރުކީގެ ޝޫޓަރު މާ "ކޫލް"؛ ޖީބަށް އަތް ޖަހާލައިގެން ހުރެ އެ ހޯދީ އޮލިމްޕިކްސްގެ ރިހި މެޑަލް
ތުރުކީގެ ޝޫޓަރު މާ "ކޫލް"؛ ޖީބަށް އަތް ޖަހާލައިގެން ހުރެ އެ ހޯދީ އޮލިމްޕިކްސްގެ ރިހި މެޑަލް

ޑިކެކް އަށް ބޮޑު ސަމާލުކަމެއް ލިބިފައި ވަނީ، މުބާރާތުގައި އޭނާގެ ހެދުން އެޅުމާއި އެޓިޓިއުޑް ގިނަބަޔަކަށް ކަމުގޮސްގެންނެވެ.

ތުރުކީގެ ޝޫޓަރު މާ "ކޫލް"؛ ޖީބަށް އަތް ޖަހާލައިގެން ހުރެ އެ ހޯދީ އޮލިމްޕިކްސްގެ ރިހި މެޑަލް
ތުރުކީގެ ޝޫޓަރު މާ "ކޫލް"؛ ޖީބަށް އަތް ޖަހާލައިގެން ހުރެ އެ ހޯދީ އޮލިމްޕިކްސްގެ ރިހި މެޑަލް

އެހެން ޝޫޓަރުންނާ ހިލާފަށް، އެއް ލޮލުގައި އަޅާ ބްލައިންޑާ އާއި ލެންސުގެ އިތުރުން ކަންފަތުގައި އަޅާ ބޮޑެތި އިއާމްފް، ޑިކެކް ބޭނުމެއް ނުކުރެ އެވެ. ސޯޝަލްމީޑިއާގައި އޭނާގެ ފޮޓޯއާއެކު މީމްތައް ހިއްސާކުރަމުން ގިނަ ބަޔަކު ވަނީ އޭނާ އަކީ އާދައިގެ އެތުލީޓެއްތޯ ނުވަތަ "ހިޓްމޭން" އެއް ތޯ ވެސް ސުވާލު އުފައްދައިފަ އެވެ.

ތުރުކީގެ ޝޫޓަރު މާ "ކޫލް"؛ ޖީބަށް އަތް ޖަހާލައިގެން ހުރެ އެ ހޯދީ އޮލިމްޕިކްސްގެ ރިހި މެޑަލް
ތުރުކީގެ ޝޫޓަރު މާ "ކޫލް"؛ ޖީބަށް އަތް ޖަހާލައިގެން ހުރެ އެ ހޯދީ އޮލިމްޕިކްސްގެ ރިހި މެޑަލް

ނަމަވެސް އުމުރުން 51 އަހަރުގެ ޑިކެކް އަކީ އޮލިމްޕިކްސް އަށް އާ އެތުލީޓެއް ނޫނެވެ. އޭނާ އަންނަނީ 2008 ވަނަ އަހަރުން ފެށިގެން ގަވައިދުން ހޫނު މޫސުމުގެ އޮލިމްޕިކްސްގައި ވާދަ ކުރަމުންނެވެ.

ތުރުކީގެ ޝޫޓަރު މާ "ކޫލް"؛ ޖީބަށް އަތް ޖަހާލައިގެން ހުރެ އެ ހޯދީ އޮލިމްޕިކްސްގެ ރިހި މެޑަލް
ތުރުކީގެ ޝޫޓަރު މާ "ކޫލް"؛ ޖީބަށް އަތް ޖަހާލައިގެން ހުރެ އެ ހޯދީ އޮލިމްޕިކްސްގެ ރިހި މެޑަލް

ސޯޝަލްމީޑިއާގައި ޑިކެކް އަށް ސަމާލުކަން ލިބުނު ފޮޓޯގައި، މިއަހަރުގެ އޮލިމްޕިކްސްގެ ޝޫޓިން ރޭންޖުގައި އޭނާ ހުރީ އާދައިގެ ޓީޝާޓަކާ އެކު ނަންބަރު އައިނެއް އަޅައިގެންނެވެ. އަދި ފިސްތޯލަ ހިފައިގެން، އެއް އަތް ޖީބަށް ޖަހާލައިގެން އޭނާ ހުރީ އިތުބާރާއި ޔަގީންކަމާ އެކު އެވެ.

ތުރުކީގެ ޝޫޓަރު މާ "ކޫލް"؛ ޖީބަށް އަތް ޖަހާލައިގެން ހުރެ އެ ހޯދީ އޮލިމްޕިކްސްގެ ރިހި މެޑަލް
ތުރުކީގެ ޝޫޓަރު މާ "ކޫލް"؛ ޖީބަށް އަތް ޖަހާލައިގެން ހުރެ އެ ހޯދީ އޮލިމްޕިކްސްގެ ރިހި މެޑަލް

ފޮޓޯއިން ނުފެނުނު ނަމަވެސް، ޑިކެކް އޭނާގެ ކަންފަތަށް ކުޑަ އިއާ ޕްލަގެއް ލައްވާފައި ހުއްޓެވެ.

ތުރުކީގެ ޝޫޓަރު މާ "ކޫލް"؛ ޖީބަށް އަތް ޖަހާލައިގެން ހުރެ އެ ހޯދީ އޮލިމްޕިކްސްގެ ރިހި މެޑަލް
ތުރުކީގެ ޝޫޓަރު މާ "ކޫލް"؛ ޖީބަށް އަތް ޖަހާލައިގެން ހުރެ އެ ހޯދީ އޮލިމްޕިކްސްގެ ރިހި މެޑަލް

މިއީ އޭނާ އޮލިމްޕިކްސްގައި މެޑަލް އެއް ހޯދި ފުރަތަމަ ފަހަރެވެ. އޭނާ ރިހި މެޑަލް ހޯދީ އެގައުމުގެ އަންހެން ޝޫޓަރު، ސެއްވާލް އިލައިދާ ތަރުހާން، 24، އާއެކު، 10 މީޓަރު އެއާ ޕިސްޓަލް މިކްސްޑް ޓީމް އިވެންޓުންނެވެ.

މި ރިހި މެޑަލް އަކީ، އޮލިމްޕިކްސްގެ ތާރީހުގައި ތުރުކީން ހޯދި 100 އަށްވުރެ ގިނަ މެޑަލްގެ ތެރެއިން، ޝޫޓިން އިން ހޯދި ފުރަތަމަ މެޑަލް އެވެ.

އިންޑިވިޖުއަލް ބައިން ޑިކެކް އަށް ލިބުނީ 13 ވަނަ އެވެ. މިއާ އެކު އޭނާ އަށް ވަނީ މިއަހަރުގެ އޮލިމްޕިކްސް މުބާރާތް ނިމިފަ އެވެ. އަދި ކުރިއަށް އޮތް 2028 އޮލިމްޕިކްސްގައި ރަން މެޑަލް ހޯދަން އުންމީދު ކުރާ ކަމަށް، ތުރުކީގެ ޗެމްޕިއަންކަން އެތައް ފަހަރަކު ހޯދާފައިވާ ޝޫޓަރު ބުންޏެވެ.

ޝޫޓަރުންނަށް، ބަޑި ޖަހާއިރު ހެދުން އެޅުމުގައި ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ލިބެ އެވެ. ޝޫޓިން ރޭންޖުގައި ހުންނަ އަލިތަކުން ލޮލަށް ވާ އުނދަގޫ ކުޑަ ކުރުމުގެ ގޮތުން ބައެއް ޝޫޓަރުން ވައިސަރު ތޮފި އަޅާއިރު، އަނެއްބައި ޝޫޓަރުން ރަނގަޅަށް ފޯކަސް ކުރަން ލޮލުގައި ބްލައިންޑާސް އަޅައެވެ.

ޑިކެކް އާ އެއްގޮތަށް، ހަމައެކަނި އިއާ ޕްލަގަކާ އެކު ޗައިނާގެ ރައިފަލް ޝޫޓަރު ލިއޫ ޔުކުން ވަނީ 50 މީޓަރު ރައިފަލް ތުރީ ޕޮޒިޝަންސް އިންޑިވިޖުއަލް އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ.

މިއަހަރުގެ އޮލިމްޕިކްސްގައި ވާދަކުރި ދެކުނު ކޮރެއާގެ އަންހެން ޕިސްޓަލް ޝޫޓަރު ކިމް ޔެޖީ، 31، އަށް ވެސް އޭނާގެ ފެޝަން ސްޓައިލަށް ބޮޑު ތަރުހީބެއް ލިބިފައި ވެ އެވެ. އޭނާ ވަނީ، އަންހެނުންގެ 10 މީޓަރު އެއާ ޕިސްޓަލް އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ.

ޝޫޓިން ރޭންޖުގައި އޭނާގެ ހަރަކާތްތައް ފެންނަ "ކޫލް" ވީޑިއޯ ކްލިޕެއް ވެސް ސޯޝަލްމީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ.

ނަމަވެސް މި ވީޑިއޯ ކްލިޕަކީ މިއަހަރު އަޒަރުބައިޖާނުގައި އޮތް ޝޫޓިން ވޯލްޑް ކަޕްގައި ނަގާފައިވާ ވީޑިއޯއެކެވެ. ވޯލްޑް ކަޕްގައި އޭނާ ވަނީ ދުނިޔޭގެ ރެކޯޑް މުގުރާލައި މީޓަރު ޕިސްޓޮލް އިވެންޓުން ރަން މެޑަލް ހާސިލް ކޮށްފަ އެވެ.