ނުތާހިރުކޮށް ބިދޭސީން އުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކް އެޗްޑީސީން ސާފުކޮށްފި
ނުތާހިރުކޮށް ބިދޭސީން އުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކް އެޗްޑީސީން ސާފުކޮށްފި

ނުތާހިރުކޮށް ބިދޭސީން އުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކް އެޗްޑީސީން މިއަދު ސާފުކޮށްފި އެވެ.

ނުތާހިރުކޮށް ބިދޭސީން އުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކް އެޗްޑީސީން ސާފުކޮށްފި
ނުތާހިރުކޮށް ބިދޭސީން އުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކް އެޗްޑީސީން ސާފުކޮށްފި

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ވަގުތީ ސައިޓެއްގައި ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކުރާ މައްސަލައެއް ބަލައި ކޮންޓްރެކްޓަރާ ވާހަކަދައްކައި، އެކަންތައް ހުއްޓުވައި އެތަން ސާފުކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެކޮމޮޑޭޝަން ބްލޮކް އިއްޔެ ހަވީރު ފާސްކުރިއިރު، އެ ތަނުގައި ތިބި ސައްހަ ވިސާ ނެތް ދެ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެއާއެކު، ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ، އިޖުތިމާއީ މިންގަނޑާ މުޅިން ހިލާފަށް ބިދޭސީން އަމިއްލައަށް ދިރިއުޅުމާއި ކެއުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާތީ، އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލަން ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރެއިން، މިހާތަނަށް 2،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ފޮނުވާލައިފަ އެވެ.