29 ޖުލައި 2024 - 09:05

ގޯލާންގެ އުސް ބިންތަކުގެ ސަރަހައްދަށް ލުބްނާނު ތެރެއިން އައި ކަމަށް ބުނާ ރޮކެޓް ހަމަލާތަކުގެ "ވަރުގަދަ" ރައްދު ދޭނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފި އެވެ.
އިޒްރޭލުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ގޯލާނަށް 100 އަށްވުރެ ގިނަ މިސައިލް އަމާޒުކުރި އެވެ.
އެ ހަމަލާތަކުގައި މިހާތަނަށް 12 މީހަކު މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމް ވެފަ އެވެ.
މި ހަމަލާތަކުގެ ފަހަތުގައި އޮތީ ލުބްނާންގެ ހިޒްބުﷲ ކަމަށް އިޒްރޭލުން ތުހުމަތު ކުރެ އެވެ.
އެކަމަކު ހިޒްބުﷲ އިން ވަނީ ހަމަލާ ދިން ކަމަށް އިންކާރު ކޮށްފަ އެވެ. އެހެން ވެއްޖެ ނަމަ މިއީ ސީރިއާ ސަރަހައްދުން ދިން ހަމަލާތަކެއް ކަމަށް ބެލެވެ އެވެ.
މި ހަމަލާތައް ކުށްވެރިކޮށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ، އެއްވެސް ފަރާތަކުން މަސްރަހު އިތުރަށް ހޫނުކުރަން ރައްދު ނުދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ.