10 ދުވަހުގެ ޗުއްޓީގައި ރަށަށް ކޮށްދިނީ "ސަޅި ކަމެއް"
10 ދުވަހުގެ ޗުއްޓީގައި ރަށަށް ކޮށްދިނީ "ސަޅި ކަމެއް"

ހދ. ވައިކަރަދޫގެ ކުޑަކުދިންނާއި ޒުވާނުން ސްކޭޓް ކުރަން ހާއްސަ ޝައުގުވެރިކަމެއް ހުރެ އެވެ. އެ ރަށުގެ ޒުވާން، އާދަމް ވިޝާން ހަނދާންތަކާ ވެސް އެކަން އޮތީ ގުޅިފަ އެވެ. ފުރަތަމަ އެކަން ކުރީ ތަޅުން އަޅާފައި ހުރި ޖަގަހައެއްގަ އެވެ. ބަނދަރު ހެދުމުން ދެން ބަދަލުވީ ވާޓަރު މައްޗަށެވެ.

10 ދުވަހުގެ ޗުއްޓީގައި ރަށަށް ކޮށްދިނީ "ސަޅި ކަމެއް"
10 ދުވަހުގެ ޗުއްޓީގައި ރަށަށް ކޮށްދިނީ "ސަޅި ކަމެއް"

ގިނަ ކުދިންތަކެއް ސްކޭޓް ކުރުމުގައި އުޅޭތީ ކައުންސިލުން ވެސް އަންނަނީ ސްކޭޓް ޕާކެއް އެ ރަށުގައި އަޅަން މަސައްކަތް ކުރަމުންނެވެ. ބަޖެޓް ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް ޔަގީންކަން ލިބުނީ އަންނަ އަހަރުގެ ބަޖެޓުން އެކަން ކޮށްދޭނެ ކަމަށެވެ. އެކަމަކު ވަގުތު ނަގާނެތީ، ވިޝާން ބޭނުންވީ ވީހާވެސް އަވަހަކަށް، ހަމަޖެހިގެން ސްކޭޓް ކުރެވޭނެ ގޮތެއް ހޯދައިދިނުމަށެވެ.

10 ދުވަހުގެ ޗުއްޓީގައި ރަށަށް ކޮށްދިނީ "ސަޅި ކަމެއް"
10 ދުވަހުގެ ޗުއްޓީގައި ރަށަށް ކޮށްދިނީ "ސަޅި ކަމެއް"

މި ހިޔާލަށް ރައްޓެހިންގެ ފަރާތުން ލިބުނު އެއްބާރުލުމާ އެކު އެ ރަށުގައި މިހާރު ވަނީ ސްކޭޓް ކުރަން ރޭމްޕެއް ހަދައިފަ އެވެ.

10 ދުވަހުގެ ޗުއްޓީގައި ރަށަށް ކޮށްދިނީ "ސަޅި ކަމެއް"
10 ދުވަހުގެ ޗުއްޓީގައި ރަށަށް ކޮށްދިނީ "ސަޅި ކަމެއް"

ވިޝާން ބުނި ގޮތުގައި އެ ރަށުގެ ކޮމިއުނިޓީ ގްރޫޕް، ވައި ރޮދިން، މިދިޔަ މަހު އެ ރޭމްޕް ހަދައިދިނީ ހުސް ވަގުތުތަކުގައި ކުދިން ރަށުތެރެއަށް ގިނަވެގެން ނޫޅެ، ކޮންމެވެސް ފައިދާ ހުރި ކަމެއްގައި އުޅުމުގެ ފުރުސަތު ހޯދައިދިނުމަށެވެ. މި މަސައްކަތް ނިންމާނީ، ރިސޯޓުގައި ވަޒީފާ އަދާކުރާ ވިޝާނާއި އޭނާގެ ހަތަރު ރައްޓެހިންނަށް ލިބުނު 10 ދުވަހުގެ ޗުއްޓީގަ އެވެ.

10 ދުވަހުގެ ޗުއްޓީގައި ރަށަށް ކޮށްދިނީ "ސަޅި ކަމެއް"
10 ދުވަހުގެ ޗުއްޓީގައި ރަށަށް ކޮށްދިނީ "ސަޅި ކަމެއް"

ރަށަށް ފައިދާ ހުރި މި މަސައްކަތުން އެ މީހުންނަށް ލިބުނީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިއީ ސްކޭޓް ކުރާ ހިތްވާ ކުދިން ކުރިއަށް ދާން ލިބުނު ހިތްވަރެއް ކަމަށް އެ މީހުން އަމިއްލައަށް ގަބޫލުކުރެވޭތީ އެވެ.

10 ދުވަހުގެ ޗުއްޓީގައި ރަށަށް ކޮށްދިނީ "ސަޅި ކަމެއް"
10 ދުވަހުގެ ޗުއްޓީގައި ރަށަށް ކޮށްދިނީ "ސަޅި ކަމެއް"

"ރޭމްޕެއް ލިއްޔާ ބައިވަރު އެއްޗެހި ދަސްވާނެ. ލެވެލްތަކެއްގައި މިހާރު މި ކުރަނީ. ރޭމްޕެއް ލުމުން ސްކޭޓްގެ ބައިވަރު ޓްރިކްސް ދަސްވެ، ސާފިން ވަރަށް ބޮޑަށް އިމްޕްރޫވް ކުރެވޭނެ. ސާފިން ދަސްވެގެން ގިނަ ކުދިންނަށް ވަޒީފާ ލިބޭނެ،" ވިޝާން ބުންޏެވެ.

"ވައިކަރަދޫގައި ގިނަ ކުދިން ދާނީ މޫދަށް، ވޯޓާ ސްޕޯޓްސް ނޫނީ ޑައިވިން ކަހަލަ ވަޒީފާތަކަށް. އެއަށް ހުޅުވާލާ އޮޕޮޗުނިޓީއެއް ގޮތަށް އަސްލު މި މަސައްކަތް ފެށީ."

ވިޝާން ބުނި ގޮތުގައި ރަށަށް ފައިދާ ހުރި ކަމަކަށް ވާތީ ރޭމްޕް ހަދަން، އެ ރަށުގައި ވަޑާމާއި ފައިބަރުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ދަސްވެފައި ހުރި ކުދިން އެ މީހުންނާ އެކު ބައިވެރިވި އެވެ. ބޭނުމަކީ އެ ކުދިން އެކަމުގައި ބައިވެރި ކުރުމުގެ އިތުރުން އަލުން އެފަދަ މަސައްކަތެއް ރަށުގައި ކުރަން ޖެހިއްޖެ ނަމަ އެކަން ރަނގަޅު ގޮތުގައި ކުރާނެ ގޮތް ދަސްކޮށްދިނުމެވެ.

"ދެ އަހަރު ފަހުން ޗުއްޓީއަށް ރަށަށް މި ދިޔައީ. ސްކޭޓް ޕާކެއް ނެތީމަ ކޮންމެވެސް ވަރެއް ކޮށްލީ. ދިހަ ދުވަސް ޗުއްޓީ ނަގައިގެން ގޮސް ކުރި މަސައްކަތް އެއީ،" ވިޝާން ބުންޏެވެ.

ރޭމްޕް ހަދަން ރަށުގެ ކުދިބޮޑު އެންމެންގެ ފަރާތުން ލިބުނު އެއްބާރުލުން ވިޝާން އާއި އޭނާގެ ރައްޓެހިން ފާހަގަކުރެ އެވެ.

އޭނާ ބުނީ އެ މަސައްކަތް ކުރަމުން ދިޔައިރު ނޭނގޭ އެއްޗެހި ކިޔައިދީ، ނޭނގޭ ބައެއް ކަންކަން ކޮށްދޭން ހަރުފުރައިގެ މީހުން ބައިވެރިވި ކަމަށެވެ.

ރޭމްޕް ތައްޔާރު ކުރަން ބޭނުންވާ ސާމާނު ވެސް އެ މީހުން ދިންކަން ފާހަގަކޮށް އޭނާ ބުނީ އެކަން ނިމުނީ ކޮމިޔުނިޓީ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. ވިޝާން އާއި އޭނަގެ ރައްޓެހިން ހެދި އެ ރޭމްޕް ބަހައްޓާފައި ހުރީ ބަނދަރުގަ އެވެ. އެއީ ސްކޭޓް ކުރެވެނީ ތަޅުމެއް އަޅާފައި ހުރި ތަނެއްގައި ކަމަށް ވެފައި، ރަށުގައި ތަޅުމެއް ހުރި ހަމަ އެކަނި ތަނަކީ ބަނދަރަށްވާތީ ކަމަށް އޭނާ ބުންޏެވެ.

އޭނާ އެންމެ އުއްމީދުކުރަނީ ވައިކަރަދޫން ސްކޭޓް ޕާކެއް ފެންނާނެ ދުވަހަކަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް އެ ރަށަށް ވަޑައިގެން ސްކޭޓް ޕާކެއްގެ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އޮތީ ދެއްވައިފަ އެވެ.

އެ މަސައްކަތުގައި، ކައުންސިލްގެ މެމްބަރު މުހައްމަދު ނުހާމް ދެއްވާ އެއްބާރުލުން ވިޝާންގެ ޒުވާން ގްރޫޕުން ފާހަގަކުރެ އެވެ.

ވައިކަރަދޫގައި ސްކޭޓް ޕާކަކާ އެކު ހުނަރުވެރި ކުދިންތަކެއް ފެންނާނެ ކަމުގެ ޔަގީންކަން އޮތުމުން ފަސް ރައްޓެހިންގެ ހިޔާލަށް، ރަށަށް މިކޮށްދިނީ އަގުހުރި ހިދުމަތެކެވެ. ރަށް ކުރިއެރުވުމުގައި، ދެއްކި މި މިސާލާއެކު އޭނާގެ އަމާޒަކީ ރަށުގެ އެހެން ކަންކަމުގައި ވެސް އެ އެއްބާރުލުން އެންމެންގެ ފަރާތުން ލިބުމެވެ.