ޓޫރިޒަމް ދާއިރާއިން ގުޅުން ބަދަހިކުރަން މިނިސްޓަރު، އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި
ޓޫރިޒަމް ދާއިރާއިން ގުޅުން ބަދަހިކުރަން މިނިސްޓަރު، އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވައި، ޓޫރިޒަމް ދާއިރާއިން ގުޅުން ބަދަހިކުރަން އިންޑިއާގެ ސަފީރު މުނޫ މަހާވަރާ، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބައްދަލުކުރައްވައިފި އެވެ.

ޓޫރިޒަމް ދާއިރާއިން ގުޅުން ބަދަހިކުރަން މިނިސްޓަރު، އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި
ޓޫރިޒަމް ދާއިރާއިން ގުޅުން ބަދަހިކުރަން މިނިސްޓަރު، އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓަރު ފައިސަލް "މިހާރު"އަށް ވިދާޅުވީ ސަފީރާއެކު އުފެއްދުންތެރި ބައްދަލުވުމެއް ބާއްވައި، ގުޅުން ބަދަހިކުރަން ހުރި ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ޓޫރިޒަމް ދާއިރާއިން ގުޅުން ބަދަހިކުރަން މިނިސްޓަރު، އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި
ޓޫރިޒަމް ދާއިރާއިން ގުޅުން ބަދަހިކުރަން މިނިސްޓަރު، އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

ރާއްޖެ އަންނަ އިންޑިއާގެ ޓޫރިސްޓުންގެ އަދަދު އިތުރުކުރަން ވެސް ދެ ފަރާތުން ވާހަކަ ދެއްކި އެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކޮށް، ޓޫރިޒަމްގެ ފުރުސަތުތަކާ ގުޅޭ ގޮތުން އިތުރު މަޝްވަރާއަށް ވަރަށް އަވަހަށް އިންޑިއާއަށް ދަތުރެއް ވެސް އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާގެ ސަފީރާ، މިނިސްޓަރު ބައްދަލުކުރެއްވިއިރު، އެ ގައުމުން ޓޫރިސްޓުން އިތުރު ކުރުމަށް ހާއްސަ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާ އިންނެވެ. އެ ގައުމުން ވަނީ ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ. އެކަމަކު، މި އަހަރު އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ގޮސް އިންޑިއާ އޮތީ ލިސްޓުގެ ހަ ވަނައިގަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގެ ޕްލޭންގެ ދަށުން މިނިސްޓްރީން އަންނަނީ އެމްއެމްޕީއާރުސީއާ އެކު ވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.