ގެއްލުނު ފައިސާ ހޯދަން އޭޖީން އޭސީސީ އާއި އޮޑިޓާ ޖެނެރަލާއެކު މަޝްވަރާކޮށްފި
ގެއްލުނު ފައިސާ ހޯދަން އޭޖީން އޭސީސީ އާއި އޮޑިޓާ ޖެނެރަލާއެކު މަޝްވަރާކޮށްފި

ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އޮޑިޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނާ މިއަދު ބައްދަލުކޮށްފި އެވެ.

ގެއްލުނު ފައިސާ ހޯދަން އޭޖީން އޭސީސީ އާއި އޮޑިޓާ ޖެނެރަލާއެކު މަޝްވަރާކޮށްފި
ގެއްލުނު ފައިސާ ހޯދަން އޭޖީން އޭސީސީ އާއި އޮޑިޓާ ޖެނެރަލާއެކު މަޝްވަރާކޮށްފި

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނީ އޮޑިޓާ ޖެނެރަލާއެކު ބޭއްވި ބައްދަލުވުމުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެ އޮފީހުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.

މި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީއާ އެ އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އޭސީސީއާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ކޮމިޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު، މި ބައްދަލުވުމުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ލީގަލް ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަޝްވަރާކުރި ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން ބުނީ ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.